ޝިދާތާގެ ތަރި އަަދި އޮއްސެއް ގާތްނުވޭ: ޝެއިހް އިމްރާން

ރާއްޖޭގެ ސިޔާސީ މައިދާނުގައި މިއަދު ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފުގެ ތަރި އޮއްސެން އަދި ކައިރި ނުވާކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ. ޝިދާތާ އި...

06 Feb 2020 | 11:17

ރާއްޖޭގެ ސިޔާސީ މައިދާނުގައި މިއަދު ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ޝިދާތާ ޝަރީފުގެ ތަރި އޮއްސެން އަދި ކައިރި ނުވާކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ޝިދާތާ އިސްތިއުފާ ދެއްވުމާއި ގުޅިގެން މިނިސްޓަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝިދާތާގެ ތަރި ރާއްޖޭގެ ސިޔާސީ އުދަރެހުން އޮއްސެން ގާތްވެސް ނުވާ ކަމަށެވެ. އަދި ސިޔާސީ ހަރަކާތުގައި ޝިދާތާއަކީ އަދާލަތު ޕާޓީގެ އެއް މުގޫ ކަމަށެވެ.

އިމްރާން ވިދާޅުވީ ޝިދާތާއަކީ ސިޔާސީ ތާރީހުގައި އުފެދުނު ހިތްވަރުގަދަ ބޭފުޅެއް ކަމަށެވެ. ޕާޓީއަށާއި ކޮށްދެއްވި އަގުހުރި ހިދުމަތްތަކާއި ވެވަޑައިގެންނެވި ގުރުބާން މިނެކިރޭވަރަށް ވުރެ ބޮޑު ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަދި އެއީ ގެއްލިގެންދާނެ ކަމެއް ވެސް ނޫން އިންޝާﷲ،" ޝެއިހް އިމްރާން ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

https://twitter.com/ShimranAb/status/1225338125435539456

ޝިދާތާ މިއަދު މަގާމުން އިސްތިއުފާދެއްވީ އިތުބާރުނެތްކަމުގެ ވޯޓު ނަގައި އޭނާ މަގާމުން ދުރު ކުރާނެ ކަމުގެ އިންޒާރު ވެރިކަން ކުރާ އެމްޑީޕީން ދިނުމުންނެވެ. އެމްޑީޕީން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރުމުގައި ޖެންޑާ މިނިސްޓްރީ ފެއިލްވުމުން އެކަމުގެ ޒިންމާ ޝިދާތާ ނަންގަވަން ޖެހޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް