ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ކުށުގެ ރެކޯޑު ސާފު ކުރުމަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފި އެވެ.
ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ އެ އިންތިޒާމް ހަމަޖައްސާފައިވާނީ ހައި ކޯޓުގައި ކަމަށެވެ. އެގޮތުން ދަށު ކޯޓުތަކުން ސާފުކުރަން ޖެހޭ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރުމުގެ އިންތިޒާމް ހައިކޯޓުން ހަމަޖެހިފައިވާ ކަމަށެވެ.
މި ހިދުމަތް އިއްޔެ އިން ފެށިގެން ރަސްމީ ކޮންމެ ދުވަހެއްގެ ހެދުނު 8:00 ން ހަވީރު 4:30 އަށް އަދި ރޭގަނޑު 7:00 ން 10.00 އަށް ހައިކޯޓުން ލިބޭނެ އެވެ. މީގެ އިތުރުން ހުކުރު ދުވަހުގެ މެންދުރުފަހު 2:30 ން އިރުއޮއްސި 6:30 އާއި ހަމައަށް އަދި ހޮނިހިރު ދުވަހުގެ ހެނދުނު 9:00 ން ހަވީރު 4:00 އާއި ހަމައަށް ހައިކޯޓުން އެ ހިދުމަތް ލިބޭނެ އެވެ.
މިފަހަރުގެ އިންތިހާބުގައި ކައުންސިލްތަކަށް980 ކައުންސިލަރުން އިންތިހާބު ކުރާއިރު އަންހެނުންގެ ކޮމިޓީތަކަށް930 މެންބަރުން އިންތިހާބު ކުރާނެ އެވެ.
އިލެކްޝަންސް ކޮމިޝަނުން ލަފާ ކުރާގޮތުގައި އިންތިހާބުގައި ހަ ހާހަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަ ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް