އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރާ ހެލިކޮޕްޓަރުތަކަށް ދިވެހި ޕައިލެޓުން ތަމްރީނުކުރަން ޖެހޭ ކަމަށާއި އިންޑިއާގައި އެކަމަށް އެދޭނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސްޓްރެޓީޖިކް ނިއުސް އިންޓަނޭޝަނަލް (އެސްއެންއައި) އަށް ދެއްވި އިންޓަވިއުއެއްގައި ޝަމާލް ވިދާޅުވީ ދިވެހި ޕައިލެޓުން ތަމްރީނުކޮށްދޭން އިންޑިއާގައި އެދެފި ނަމަ އެކަން ކޮށްދޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
ހެލިކޮޕްޓަރުތަކަށް ދިވެހި ޕައިލެޓުން ތަމްރީނު ނުކޮށް، ސީދާ އިންޑިއާ ސިފައިންގެ ބެލުމުގެ ދަށުން އޮޕަރޭޝަން ކުރިއަށް ގެންދާ ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ފާޅުކުރެ އެވެ.
ޝަމާލް ވިދާޅުވީ ހެލިކޮޕްޓަރު ދުއްވަނީ ދިވެހިން ނޫން ނަމަވެސް އޮޕަރޭޝަން ކުރިއަށް ދަނީ އެމްއެންޑީއެފްގެ ކޮމާންޑުގެ ދަށުން ކަމަށެވެ.
ހެލިކޮޕްޓަރުތައް އޮޕަރޭޓްކުރުމުގެ ބޭނުމަށް އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް