މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އޭޖެންޓްސް (މާޔާ) އިން އިސްނަގައިގެން ރާއްޖެ އަންނަ ކްރޫޒްލައިންތަކަށް މާލެއިން ދޭ ހިދުމަތްތައް ރަނގަޅު ކުރަން ހާއްސަ މަސައްކަތްތަކެއް ސަރުކާރައި ގުޅިގެން އިއްޔެ ފަށައިފި އެވެ.
ކުރޫޒުލައިނާތަކުން މާލެ ފައިބާ އެތައް ސަތޭކަ މީހުންނަށް ދޭ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީ އާއި އެމްޕީއެލް އަދި ފުލުހުންނާއި ސިޓީ ކައުންސިލުން އިއްޔެ މަޝްވަރާ ކޮށްފައިވާއިރު، ތޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވެސް ވަނީ އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންފައެވެ.
މާޔާގެ އިސް އޮފިޝަލަކު ވިދާޅުވީ އެ ބައްދަލުވުމަށްފަހު، ކްރޫޒްލައިނާ ތަކަށް ހިދުމަތް ދިނުމުގައި މިހާރު އޮތް ދަތިތައް ސަރުކާރުގެ އިދާރާތަކަށް ތަޖުރިބާ ކުރެވިފައިވާނެ ކަމަށެވެ.
ބައްދަލުވުން ނިންމަވާލުމަށް ފަހު ކްރޫޒްލައިނާތަކުން މާލެއަށް ފައިބާ ޓޫރިސްޓުން ފާހާނާ ކުރަން ވަންނަ ފާހާނާތަކާއި އެ މީހުން ގޮވައިގެން އަންނަ އުޅަނދުތައް ކައިރިކުރާ ސަރަހައްދުތައް މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.
މާޔާއަކީ ރާއްޖެއަށް ސުޕަ ޔޮޓްތަކާއި ހައި ޕްރޮފައިލް މީހުން ގެންނަ ޖަމިއްޔާއަކަށްވާއިރު، އެ ޖަމިއްޔާގެ އެހީގައި ރާއްޖެ އަންނަ ކްރޫޒްލައިނާތަކުގެ ކްރޫން މިހާރު ފައިބަން ޖެހެނީ އެމްޕީއެލް ސަރަހައްދަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް