އަނެއްކާވެސް އުސްފަންގަނޑު އާންމުންނަށް ހުޅުވާލައިފި

އަނެއްކާވެސް އުސްފަންގަނޑު އާންމުންނަށް ހުޅުވާލައިފިއެވެ. އަހަރުތަކަކަށް ބަންދުކޮށްފައި އޮތުމަށްފަހު އުސްފަސްގަނޑު އަލުން އާއްމުންނަށް ހުޅުވާލީ އިއްޔެއެވެ. އެމްޑީޕީ އިން ސިޔާސީ ގިނަ ހަރަކާތްތަކެއް ކުރ...

06 Jan 2020 | 09:51

އަނެއްކާވެސް އުސްފަންގަނޑު އާންމުންނަށް ހުޅުވާލައިފިއެވެ.

އަހަރުތަކަކަށް ބަންދުކޮށްފައި އޮތުމަށްފަހު އުސްފަސްގަނޑު އަލުން އާއްމުންނަށް ހުޅުވާލީ އިއްޔެއެވެ.

އެމްޑީޕީ އިން ސިޔާސީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވާ އުސްފަސްގަނޑު ބަންދުކުރީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ބްރިޖްގެ މަސައްކަތް ކުރުމަށެވެ.

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތްކުރުމަށް ރާއްޖެ އައި ޗައިނާގެ ސީސީސީސީ ކުންފުނީގެ މުއައްޒަފުން ބައިތިއްބާފައިތިބީ އެ ސަރަހައްދުގައެވެ. ބްރިޖްގެ މަސައްކަތްކުރުމަށްޓަކާ އެ ސަރަހައްދުގެ ފެންސްޖަހައި ބައެއް ހިސާބުތަކަށް ވަނުން ވެސް އޭރު މަނާކުރިއެެވެ.

ބްރިޖުގެ މަސައްކަތް ނިމުމާއި އެކު އެތަނުގައި ޖަހާފައިވާ ފެންސްތައް ނައްޓާލާ ސީސީސީސީގެ މުއައްޒަފުންނަށް ޚާއްސަކޮށް ހަދާފައިވާ ތަންތަން ރޫޅާލުމަށްފަހު އެތަން ވަނީ ހަވާލުކޮށްފައެވެ.

އާންމުން އެއްވެ، ހިތްހަމަ ޖައްސާލާ، މަސްބާނާ، ކުޑަކުދިންނާއިއެކު ވަގުުތު ހޭދަކޮށްލުމަށް ގިނަބަޔަކު ގޮސް އުޅުނު އުސްފަސްގަނޑު ސަރަަހައްދު، ހަބޮލި ސިޔާސީ ހަރަކާތްތައް ބާއްވާ ތަނަކަށް ބަދަލުވެ، ތަފާތު އެކި އިވެންޓްތައް ބާއްވާ ތަނަކަށްވެސް ވަނީ ކުރިންވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް