މާލޭގައި ފެންބޮޑުވެ، ބައެއް ގޭގެއާ ތަންތަނަށް ފެން ވަދެ ގެއްލުންތައް ވަނީ

މިހާރު ކުރަމުންދާ ވިއްސާރައިގަ ބޯކޮށް ވާރޭވެހި މުޅި މާލޭގައި ފެންބޮޑުވެއްޖެ އެވެ. އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އާންމުކޮށް ވާރޭވެހުމުން ފެންބޮޑުވާ އަމީނީ މަގާއި އައިޖީއެމްއެޗު ސަރަހައްދުގައި އެވެ. ...

05 Dec 2018 | 12:02

މިހާރު ކުރަމުންދާ ވިއްސާރައިގަ ބޯކޮށް ވާރޭވެހި މުޅި މާލޭގައި ފެންބޮޑުވެއްޖެ އެވެ.

އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ އާންމުކޮށް ވާރޭވެހުމުން ފެންބޮޑުވާ އަމީނީ މަގާއި އައިޖީއެމްއެޗު ސަރަހައްދުގައި އެވެ. އެމްއެންޑީއެފް އިން ބުނީ އެ ސަރަހައްދުތަކުގައި ފެން ޕަންޕު ޖަހައިގެން ހިއްކަމުންދާކަމަށެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ފެންބޮޑުވުމުގެ ސަބަބުން އާންމު ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ބަލައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން ފިހާރަ ތަކަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުމާއި ގޭގެއަށް ފެން ވަނުން ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޑިޒާސްޓާ މެނޭޖްމެންޓު ސެންޓަރުގެ ޕްރޮޖެކްޓް ކޯޑިނޭޓަރު ހިސާން ހަސަން ވިދާޅުވީ މިހާތަނަށް އަމީނީ މަގުގައި ހުރި މީހުން ދިރިއުޅޭ ދެ ގެއެއްގައި ދިރިއުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ ގެތަކަށް ފެންނުވަންނާނެ ގޮތް ހެދުމަށް ސިފައިން ދަނީ ވެލި ބަސްތާ ގެންގޮސްދެމުންނެވެ. އެމްއެންޑީއެފުން ބުނީ މާލޭގެ އެކި ސަރަހައްދުތަކުގައި ވެލި މަސްތަކާތަކާއި އެކު ސިފައިން ހަރަކާތްތެރިވެ ފިހާރަތަކާއި އާންމުންގެ ގޭގޭގެ އިތުރުން އޮފީސްތަކަށް ފެން ނުވަންނާނެ ގޮތަށް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

(ތަފްސީލް އަންނަނީ)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް