ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގާ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ. ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:00ގައެވެ. އެ އެލާ...

05 Dec 2018 | 07:29

މިހާރު ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގާ މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް މޫސުމާއިބެހޭ ގައުމީ އިދާރާއިން ވައިޓް އެލާޓް ނެރެފިއެވެ.

ވައިޓް އެލާޓް ނެރެފައިވަނީ މިއަދު ހެނދުނު 11:00ގައެވެ.

އެ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 11:30 އާއި މެންދުރު ފަހު 3:30 އާއި ދެމެދުގެ ވަގުތުތަކުގައި ހއ. އަތޮޅާއި އ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށެވެ.

ވައިޓް އެލާޓް ނެރެފައިވާއިރު މިއަދަކީ މާލެއަށް ވިއްސާރަ ދުވަހެކެވެ. ރެއިން ފެށިގެން އަންނަނީ އާންމުގޮތެއްގައި ވާރޭ ވެހެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް