ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ޖަލަށް ލުމަށް ކޮށްފައިވާ ހުކުމް ހައި ކޯޓުން މިއަދު ބާތިލުކޮށްފިއެވެ. އެ ހުކުމަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ހުކުމެކެވެ.
އަލީ ހަމީދު ޖަލަށް ލުމަށް ހުކުމް ކޮށްފައިވަނީ އެކެއް ފެބްރުއަރީގެ އަމުރާއި ގުޅިގެންނެވެ. ޖަލު ހުކުމް އިއްވީ ތަހުގީގަށް ފޯނު ދޭން ދެކޮޅު ހެދުމުންނެވެ. އަލީ ހަމީދުގެ މައްޗަށް ދައުވާކޮށްފައިވަނީ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅި ކަމުގެ ދައުވާއެވެ.
އަލީ ހަމީދުގެ މައްޗަށް އިއްވާފައިވާ ހުކުމް ބާތިލުކޮށްފައިމިވަނީ އިއްވި ހުކުމުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުންނެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް