ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ހިންގަމުން އަންނަ ޕެޓްރޯލު ޝެޑު ތަކުގެ ތެރެއިން ސްޓެލްކޯ ކައިރީގައި ހުންނަ ޕެޓްރޯލު ޝެޑު 24 ގަޑިއިރު ހުޅުވާފައި ބަހައްޓަން ނިންމައިފިއެވެ.
އެފްއެސްއެމް ހިންގަމުން އަންނަ އެސްޓީއޯއިން ބުނެފައިވަނީ 24 ގަޑިއިރު އެ ޝެޑް ހުޅުވާފައި ބަހައްޓަން ނިންމީ ރައްޔިތުންނަށް ފަސޭހައިން ތެޔޮ ލިބޭނެ ގޮތް ހެދުމަށް ކަމަށެވެ. އެ ޝެޑަކީ ކުރިން ހަމައެކަނި ހަތަރު ފުރޮޅުލީ އުޅަނދަށް ހާއްސަ ޝެޑެކެވެ.
24 ގަޑިއިރު އެ ޝެޑު ހުޅުވާފައި ބަހައްޓަން އެސްޓީއޯއިން ނިންމާފައިމިވަނީ ސަރުކާރުން އެކަމާ ގުޅޭ ގަވާއިދަށް އިސްލާހު ގެނެސް އިއްޔެއިން ފެށިގެން އެ ހުއްދަ ދިނުމުންނެވެ.
އިމްޕޯޓް މުދަލުގެ ވިޔަފާރިކުރުމުގެ ގަވާއިދަށް އިއްޔެ ގެނައި އިސްލާހުގައި ބުނެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ، ޕެޓްރޯލާއި ޑީސަލް ވިއްކާ ތަންތަން ސައުވީސް ގަޑިއިރު ހުޅުވައިފައި ބެހެއްޓިދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް