ޓައިމްސް އޮފް އިންޑިއާގައި ބުނެފައިވާގޮތުގައި މި ޑައިޓަކީ 2019 ގައި ކައިވެނި ކުރަން ވިސްނާ ކަނބަލުންނަށް ކަމުދާނެ، ނަތީޖާ ފެންނާނެ، މުޖައްރިބު ޑައެޓެއް ކަމަށެވެ.
ތެދެކެވެ. ކައިވެނީގެ ހަފްލާއަކީ އުފަލާއި ހިތާމައާއި ކަރުނައާއި އެކި ވަރު ވަރުގެ ހިނިގަނޑު ގަނޑު އެކުލެވިގެންދާނެ "މަސާލާ" އިމޯޝަންސްތަކާއެކު ނިމިގެން ދާނެ ހަފްލާއެކެވެ. އެ ހަފްލާގައި ތިބާ ލާ ހެދުން ތިބާއަށް ފިޓްކޮށް ރީއްޗަށް ހުންނަން އަދި ތިބާ ލޫޅާފަތިކޮށް ހުންނަން ނޭދޭ ހަމަ އެއްވެސް ކަނބަލަކު ނުހުންނާނެއެވެ. އެ "ވިޝް" ހަގީގަތަކަށް ހަދަން މި ޑައިޓު އެހީތެރިވެދޭނެ ކަމަށް ބުނެފައިވެއެވެ.
ކައިވެނީގެ ހަ މަސް ކުރިން ތައްޔާރު ވާނަމަ:
ހެނދުނު ގްރީން ޓީ އާއެކު ފަހެއް ނުވަތަ ހަ އަލްމަންޑް (ފެނުގައި ފޯކޮށްފައި)
ހެނދުނުގެ ނާސްތާ: އޯޓްސް، ތިން ބިހުގެ ބިސްގަނޑެއް ފްރެޝް އޮރެންޖް ޖޫހާއެކު
ޖޫސްގަޑި: ސެލަޑެއް
މެންދުރު ކެއުން: ބަތް ނުވަތަ ރޮށި ކެވިދާނެ
މެންދުރު ފަހު: ސެލަޑެއް
ރޭގަނޑުގެ ނާސްތާ: ގްރިލްޑް ރޯސްޓަޑް ޗިކަން، މޭޝް ޕޮޓޭޓޯ
ކައިވެނީގެ ތިން މަސް ކުރިން ތައްޔާރުވާނަމަ:
ހެނދުނު ނާސްތާގެ ކުރިން: ގްރީން ޓީ، ފެނުގައި ފޯކޮށްފައި ހުރި އަލްމަންޑްސް، ނޫން ނަމަ އެއް ދޮންކެޔޮވަށް
ހެނދުނުގެ ނާސްތާ: ހޯލް ވީޓް ޓޯސްޓް ބިހާއެކު
ޖޫސްގަޑި: ސެލަޑެއް ނުވަތަ ޔޯގަޓެއް
މެންދުރު ނާސްތާ: ބަތް ނުވަތަ ރޮށި ކެވިދާނެ
މެންދުރު ފަހު: ފެނު ކެއްކި ބިސް
ރޭގަނޑު ނާސްތާ: ބްރައުން ރައިސް އާއި ކުކުޅު ނުވަތަ މަސް
ކައިވެނީގެ އެއް މަސް ދުވަސް ކުރިން ތައްޔާރުވާނަމަ:
ހެނދުނު ނާސްތާގެ ކުރިން : ގްރީން ޓީ، އާފަލެއް ނުވަތަ ދޮންކެޔޮ ވަކެއް
ހެނދުނު ގެ ނާސްތާ: ބަނާނާ ސްމޫތީ އަލްމަންޑްސް އާއެކު ، ފެނުކެއްކި ދެ ބިސް، ސެލަޑެއް
ޖޫސްގަޑި: ޕީނަޓް ސެލެޑް ނޫންނަމަ ސެލަޑެއް
މެންދުރު ނާސްތާ: ބަތް ނުވަތަ ރޮށި ކެވިދާނެ
މެންދުރު ފަސް: ނަޓްސް ކޮޅެއް
ރޭގަނޑު ނާސްތާ: ގްރިލްޑް ވެޖްޓަބަލްސް ބޭނުން ނަމަ ކުކުޅު ނުވަތަ މަހާއެކު، ބްރައުން ރައިސް
ކައިވެނީގެ 10 ދުވަސް ކުރިން ނަމަ
ހެނދުނުގެ ނާސްތާގެ ކުރިން: ގްރީން ޓީ
ހެނދުނުގެ ނާސްތާ: ފަޅޯ ނުވަތަ ދޮންކެޔޮ ނުވަތަ ސްޕިނެޗް ސްމޫތީ
ޖޫސްގަޑި: ފެނުކެއްކި ދެ ބިސް ނުވަތަ ޗިކްޕީ ސެލަޑް
މެންދުރު ނާސްތާ: ރޮށި ނުވަތަ ބަތް ކެވިދާނެ
ރޭގަނޑުގެ ނާސްތާ: ލުއި ނާސްތާއެއް
ނޯޓް: ރޭގނޑުގެ ނާސްތާ 07:30 ގެ ކުރިން ނިންމަން ވާނެއެވެ.
އިތުރަށް ސަމާލުކަން ދޭންވީ ކަންކަން
ދުވާލަކު މަދުވެގެން 45 މިނެޓު ކަސްރަތު ކުރުން
ދުވާލަކު މަދުވެގެން ދެ ލީޓަރު ގިނަވެގެން ހަތަރު ލީޓަރު ފެން ބުއިން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް