ތަކަންދޫ ކަނބަލުންނަށް ފުލުހުން ހިންގި ކަސްރަތު ޕްރޮގްރާމް ނިންމާލައިފި

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ހއ. ތަކަންދޫ ކައުންސިލް ގުޅިގެން ހިންގި ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ. ފުލުހުން ހާމަކޮށްފައިވާގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ 1 ން 30 އަށް ހއ. ތަކަންދޫގައި ހި...

05 Dec 2017 | 09:21

ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި ހއ. ތަކަންދޫ ކައުންސިލް ގުޅިގެން ހިންގި ކަސްރަތު ޕްރޮގްރާމް ނިންމާލައިފިއެވެ.

ފުލުހުން ހާމަކޮށްފައިވާގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ 1 ން 30 އަށް ހއ. ތަކަންދޫގައި ހިންގި މި ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ގޮތުން ތަކަންދޫ ޕްރީ ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ބައްސަވާ ދެއްވީ ހއ. އަތޮޅު ކޮމާންޑަރު ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އަޙްމަދު ނަސީމްއެވެ.

ތަކަންދޫގެ އަންހެން ކަނބަލުންނަށް އަމާޒުކޮށްގެން ހިންގި މި ކަސްރަތު ޕްރޮގްރާމުގައި ވަނީ ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތައް ކިޔައިދީ، ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ރަނގަޅު ކާނާއާ ބެހޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދީފައެވެ. އަދި ކަސްރަތު ޕްރޮގްރާމުގެ ތެރެއިން މޫދު ކަސްރަތު ކުލާސްތަކެއްވެސް ކުރިއަށް ގެންގޮސްފައިވާކަމުގައި ފުލުހުން ބުނެ އެވެ.

އެއް މަސްދުވަހުގެ މުއްދަތަށް ހިންގި މި ކަސްރަތު ޕްރޮގްރާމުގައި 21 ފަރާތަކުން ބައިވެރިވެފައިވާއިރު ކަސްރަތު ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ހއ. ދިއްދޫގައި މަސައްކަތްކުރާ ފުލުހަކާއި ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް