އިސްލާމިކް ކޮންފަރަންސް އޮފް ހެލްތް މިނިސްޓަރޒް ގެ ހަ ވަނަ ބައްދަލުވުން މިއަދު ފެށިއްޖެ

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރަންސް (އޯއައިސީ) އާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ބާއްވާ "އިސްލާމިކް ކޮންފަރަންސް އޮފް ހެލްތެ މިނިސްޓަރޒް"ގެ ހަ ވަނަ ބައްދަލުވުން މިއަދު ފ...

05 Dec 2017 | 09:10

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޮންފަރަންސް (އޯއައިސީ) އާއި ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް ހެލްތު ގުޅިގެން ބާއްވާ "އިސްލާމިކް ކޮންފަރަންސް އޮފް ހެލްތެ މިނިސްޓަރޒް"ގެ ހަ ވަނަ ބައްދަލުވުން މިއަދު ފެށިއްޖެ އެވެ.

ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ބޭއްވޭ މިބައްދަލުވުން ކުރިޔަށް ދާނީ ޑިސެމްބަރުމަހުގެ 5 އިން 7 އަށެވެ. މި ބައްދަލުވުމަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަންގެ މެމްބަރު ޤައުމުތަކުގެ ސިއްޙީދާއިރާގެ އިސްވެރިންގެ މެދުގައި ބޭއްވޭ ބައްދަލުވުމެކެވެ. ދިވެހިރާއްޖެ އޯއައިސީގެ މެމްބަރަކަށް ވެފައިވަނީ 1976 ވަނަ އަހަރުއެވެ.

ހެލްތު މިނިސްޓްރީން ހާމަކުރާގޮތުގައި މިއަހަރުގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރުން މަޝްވަރާ ކުރައްވާނެ މައިގަޑު މައުޟޫއަކީ "ހެލްތު އިން އޯލް ޕޮލިސީސް" އެވެ. މިބައްދަލުވުމުގައި މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް ޢަބްދުالله ނާޡިމް އިބް ރާހީމް މިމައުޟޫގެ ދަށުން ދިވެހިރާއްޖޭގެ ސިއްޙީ ސިޔާސަތު ބައްޓަން ކުރެވިފައިވާ ގޮތާއި ދިވެހި ރާއްޖޭގެ ސިއްޙީ ދާއިރާގެ ކުރިއެރުންތަކާއި ގޮންޖެހުންތަކާއި ބެހޭގޮތުން ތަޤުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

"މިބައްދަލުވުމުގެ ތެރޭގައި އޯއައިސީގެ 2014 އިން 2023 ގެ "ސްޓްރެޓީޖިކް ހެލްތު ޕްލޭން އޮފް އެކްޝަން" މަޝްވަރާ ކުރެވިގެންދާނެއެވެ. މިބައްދަލުމުގައި ގައިންގަޔަށް އަރާ ބަލިތަކާއި، ގައިން ގަޔަށް ނާރާ ބަލިތަކާއި، ޤައުމުތަކުގެ ޞިއްޙީ ނިޒާމުތައް ހަރުދަނާ ކުރުމާއި، މައިންނާއި ކުޑަކުދިންގެ ސިއްޙަތާއި ގުޅުންހުރި ކަންކަމާއި މެދު ޤައުމުތަކުގެ މެދުގައި މަޝްވަރާކުރެވޭނެއެވެ. މީގެއިތުރުން ސިއްޙީ އިމަޖެންސީ ހާލަތްތަކާއި ކާރިޘާ ތަކުގައި ސިއްޙީ ދާއިރާގެ ދައުރާއި ބެހޭގޮތުންނާއި ފަލަސްޡީނުގެ ރައްޔިތުންގެ ސިއްޙީ ހާލަތާއި ބެހޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ." ހެލްތު މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ހެލްތު މިނިސްޓްރީން އިތުރަށް ހާމަކޮށްފައިވާގޮތުގައި މިބައްދަލުވުމުގެ ހަވާސާގައި ދޭދޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށާއި ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުވުމަށް ޤައުމުތަކާއި އެކު އެހީތެރިކަން ހޯދިދާނެ ދާއިރާތަކާއިގުޅޭގޮތުން މަޝްވަރާކުރުމަށް ތަފާތު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ރޭވިފައެވެ. މިގޮތުން ސަޢުދީ ޢަރަބިއްޔާ، ކުވޭތު އަދި ޔޫއޭއީގެ ވަފްދާއި އެކު ދިވެހި ވަފްދު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް މިނިސްޓަރ އޮފް ހެލްތު ޢަބްދުالله ނާ ޡިމް އިބްރާހިމްއާއި މިނިސްޓްރީ އޮފް ހެލްތުގެ ވަފްދު ދިވެހިރާއްޖެއިން ފުރާވަޑައިގަންނަވާފައިވަނީ ދޭއް ޑިސެމްބަރ ގައެވެ. އިސްލާމިކް ކޮންފަރަންސް އޮފް ހެލްތެ މިނިސްޓަރޒްއަކީ ކޮންމެ ހަތަރު އަހަރަކުން އެއްއަހަރު ބޭއްވޭ ބައްދަލުވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް