މޫސުން ގޯސްވެ ގއ އަދި ގދ އަށް ޔެލޯ އެލާޓް ނެރެފި

މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށ ގއ އަދި ގދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ. މެޓް އޮފީހުން 09:45ގައި ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 10:00 އާއި 12:00 އާއި ދެމެދުގެ ވަގ...

05 Dec 2017 | 05:01

މޫސުން އިތުރަށް ގޯސްވެދާނެ ކަމަށް ލަފާކޮށ ގއ އަދި ގދ އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.

މެޓް އޮފީހުން 09:45ގައި ނެރެފައިވާ ޔެލޯ އެލާޓްގައި ބުނެފައިވަނީ މިއަދު ހެނދުނު 10:00 އާއި 12:00 އާއި ދެމެދުގެ ވަގުތުތަކުގައި ގއ އަދި ގދ އަތޮޅަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. ހަމަ މި ވަގުތުތަކުގައި އެ ސަރަހައްދަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމުގައި އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުން ބުނެފައި ވެ އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން މެޓް އޮފީހުން ވިދާޅުވީ ތޫފާނެއް އަސަރު ނެތް ކަމަށާއި މިއީ މޫސުމީ ވިއްސާރަ ކަމަށެވެ. އަދި ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެތީ އެކަމަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާކަމަށް މެޓް އޮފީހުން ވިދާޅުވި އެވެ.

މީގެ އިތުރުން އާންމުގޮތެއްގައި ވައި ޖެހޭ މިންވަރު ގަދަ ނޫންކަމުން ދަތުރު ފަތުރުކުރެއްވުމުގައި މާ ބޮޑު ނުރައްކަލެއް ނެތް ކަމަށާއި ނަމަވެސް ވިލާގަނޑުގައި ދަތުރުކުރައްވާއިރު ސަމާލުވެލެއްވުމަށް އިލްތިމާސް ކުރައްވާކަމުގައި މެޓް އޮފީހުން ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް