މޫސުން ގޯސްވެދާނެ ކަމަށް ލަފާކޮށް ހެނދުނު 08:00 އާއި ހަމައަށް 10 އަތޮޅަކަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން މިރޭ 02:15ގައި ނެރެފައިވާ މި ވައިޓް އެލާޓްގައި ބުނެފައިވަނީ މިރޭ 02:45 އާއި ހެނދުނު 08:00 އާއި ދެމެދުގެ ވަގުތުތަކުގައި ވ އަތޮޅާއި ގދ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށެވެ.
ހަމަ މި ވަގުތުތަކުގައި އެ އަތޮޅުތަކަށް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވާކަމުގައިވެސް މެޓް އޮފީހުގެ ވައިޓް އެލާޓްގައި ބުނެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް