ކެމިކަލް ބޭނުންނުކޮށް ދަނޑުވެރިކަންކުރަން ދަސްކޮއްދޭ ވޯރކުޝޮޕެއް ހދ. ނޮޅިވަރަމްފަރުގައި ފަށައިފިއެވެ.
އެ އަތޮޅު ކައުންސިލާއި ރަށުކައުންސިލުތަކާއި ކެމް މޯލްޑިވްސް ގުޅިގެން ހދ.އަތޮޅުގެ 7 ރަށެއްގައި ހިންގުމަށް ހަމަޖެހިފައިވާ މި ވޯރކްޝޮޕްގައި ޢާންމުކޮށް ރާއްޖޭގައި ހައްދާ ބައެއް ގަސްތައް ހައްދަން ދަސްކޮށްދިނުމާއެކު ދެރަ ބިންތައް ކެމިކަލް ބޭނުންނުކޮށް މުއްސަނދިކޮށްގެން ދަނޑުވެރިކަން ކުރަން ދަސްކޮއްދޭނެއެވެ.
ނޮޅިވަރަމްފަރާއި ނޮޅިވަރަމާއި ނެއްލައިދޫ އާއި ކުރިނބީ އާއި ނޭކުރަންދޫ އާއި ވައިކަރަދޫ އަދި ކުޅުދުއްފުށީގައި ހިންގުމަށް ހަމޖެހިފައިވާ މިވޯކްޝޮޕްގައި ތިއަރީ ސެޝަންތަކާއި ފީލްޑް ސެޝަނެއްވެސް ހިމެނެއެވެ. އަދި 7 ރަށުގައި ވަކިވަކިން ކުރިއަށްގެންދާ މި ވޯކްޝޮޕްގައި ޖުމްލަ 175 ފަރާތަކުން ބައިވެރިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް