ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ފަސްވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރައްވައިފި އެވެ.
ރައީސް އޮފީހުން ވިދާޅުވާ ގޮތުގައި މި އަހަރު ނޮވެންބަރު މަހުގެ 26 ވި ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ތިންވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެއްވި "2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) އަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ ބިލް" ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޞްދީޤް ކުރައްވައި މި ބިލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާފައެވެ.
ދައުލަތުގެ މާލިއްޔަތުގެ ޤާނޫނަށް ފަސް ވަނަ އިޞްލާޙު ގެނައުމުގެ ބިލް ތަޞްދީޤް ކުރެއްވުމާ ގުޅިގެން، ދައުލަތް ހިންގުމަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާއާއި، ރާއްޖޭގައި ހިންގާ މަޝްރޫޢުތައް ފައިނޭންސް ކުރުމަށްޓަކައި ހިލޭ އެހީ ނުވަތަ ލޯނު އެހީގެ ގޮތުގައި ލިބޭ ފައިސާއާއި، ބިޔަ މަޝްރޫޢުތައް ތަންފީޛުކުރުމަށާއި ޚާއްޞަ މަސައްކަތްތައް ކުރުމަށް ކަނޑައެޅިފައިވާ ފައިސާ، ޕަބްލިކް ބޭންކް އެކައުންޓުގައި ބަހައްޓަންޖެހުމުގެ ސަބަބުން ކުރިން ކުރިމަތިވަމުންދިޔަ ދަތިތަކަށް ޙައްލެއް ލިބިގެންދާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް