އެސްއެލްސީޕީ މަދުކުރުމަށް އޮތް އެއްމެ ބޮޑު ގޮންޖެހުމަކީ މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ނެތުން: މިނިސްޓަރު

ކުރު މުއްދަތަކަށް ޖައްވު ތަޢައްޔަރުކުރާ ކުރާ ވިހަ މާއްދާތައް (ޝޯޓް ލިވްޑް ކްލައިމެޓް ޕޮލިއުޓެންޓްސް(އެސްއެލްސީޕީ)) މަދުކުރުމަށްޓަކައި އޮތް އެއްމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ގޮތެއްގައި ދެމެހެއްޓެނެ...

05 Dec 2015 | 13:31

ކުރު މުއްދަތަކަށް ޖައްވު ތަޢައްޔަރުކުރާ ކުރާ ވިހަ މާއްދާތައް (ޝޯޓް ލިވްޑް ކްލައިމެޓް ޕޮލިއުޓެންޓްސް(އެސްއެލްސީޕީ)) މަދުކުރުމަށްޓަކައި އޮތް އެއްމެ ބޮޑު ގޮންޖެހުމަކީ އެކަށީގެންވާ ގޮތެއްގައި ދެމެހެއްޓެނެވި މަލީ އެހީތެރިކަން ފޯރުކޮށްދޭނެ ގޮތެއް ނެތުން ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ ޠާރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ޠާރިގު މިހެންވިދާޅުވީ ޕެރިހުގައި ކުރިއަށްދާ ކޮޕް 21 ގެ ހަވާސާގައި ކްލައިމެޓް އެންޑް ކްލީން އެއަރ ކޯލިޝަން  (ސީސީއޭސީ) އިން ބޭއްވި ޕެނަލްޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ. އެ ޕެނަލްޑިސްކަޝަންގައި މަޝްވަރާކޮށްފައި ވަނީ އެސް.އެލް.ސީ.ޕީ (ޝޯޓް ލިވްޑް ކްލައިމެޓް ޕޮލިއުޓެންޓްސް) ނުވަތަ ކުރު މުއްދަތަކަށް ޖައްވު ތަޢައްޔަރުކުރާ ކުރާ ވިހަ މާއްދާތައް ބޭނުންކުރާ ވަރުދަށް ކުރުމާއި ބެހޭގޮތުންނާއި އެކަމަށް އެކަމަށް ސަރުކާރުގެ އެކި ލެވެލްތަކުގައި ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުންނެވެ.

އެ ޕެނަލްޑިސްކަޝަންގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ މޮންޓްރިއަލް ޕްރޮޓޮކޯލް އާއި އެއްގޮތަށް އެޗްއެފްސީ އަދި ކާބަންޑައިއޮކްސައިޑް އުފައްދާ އަދި ބޭނުންކުރާވަރު މަދުކުރުމަށް ސަރުކާރުން ދަނީ މަސައްކަތްތަކެއް ކުރަމުން ކަމަށެވެ. ޖައްވަށް ދޫކުރާ އެފަދަ ގޭސްތަކުން ލިބޭ ގެއްލުން ކުޑަކުރުމަށްޓަކައި ބައިނަލްއަގުވާމީ ފަރާތްތަކުގެ މާލީ އެހީތެރިކަން ލިބެންޖެހޭ ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރުން ޖައްވަން ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށްޓަކައި ޚަރަދުކުޑަ އުފެއްދުންތައް ލިބެން ހުރުމަކީ ކޮންމެހެން ލާޒިމުކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" މިހާރު މިދަނީ މާލޭގައި ހުރި އެޗްސީއެފްސީ އަދި އެޗްއެފްސީ ބޭނުންކުރާ އެއާކޯނުތަކުގައި ބަދަލުގައި ޑައިރެކްޓް ކޫލިން ޓެކްނޮލަޖީ ބޭނުންކުރާ އެއާކޯނަށް ބަދަލުކުރުމަށް ހަދަންޖެހޭ ފީސިބިލިޓީ ސްޓްޑީ ހަދަމުން.  އޭގެ ސަބަބު ޖައްވަން ބޭރުކުރާ ވިހަ ގޭސް ވަރަށް ބޮޑަށް މަދުކުރެވޭނެ" މިނިސްޓަރ ޠާރިގު ވިދާޅުވިއެވެ.

ކުރުމުއްދަތަކަށް ޖައްވު ތަޢައްޔަރުކުރާ ވިހަ މާއްދާތައް މަދު ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ރާއްޖޭން ކުރާނެ ކަމަށާއި އަދި އެކަމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.

ކުރު މުއްދަތަކަށް ޖައްވު ތަޢައްޔަރުކުރާ ވިހަ މާއްދާތައް ބެހޭ ދިރާސާތައް ކުރުމަށް ހަނިމާދޫގައި އޮބްޒަވޭޓްރީ އެއް ގާއިމުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެތަނުގައި ކުރި ދިރާސާތަކުން އެފަދަ ގޭސްތަކުން ރާއްޖެ އާއި އޭޝިއާ ކޮންޓިނެންޓަށް ކުރާނެ ނޭދެވޭ އަސަރު ދެނެގެންފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ކުރު މުއްދަތަކަށް ޖައްވު ތަޢައްޔަރުކުރާ ކުރާ މާއްދާތަކުގެ ސަބަބުން އިންސާނުންގެ ސިއްހަތަށާއި ދަނޑުވެރިކަމަށާއި އެކޯ ސިސްޓަމަށް ކުރާ ނޭދެވޭ އަސަރުކުޑަ ކުރުމަށްޓަކައި އެ ވާހަކަ އަކީ ގައުމީ ފެންވަރުގަ އާއި ބައިނަލް އަގުވާމީ ފެންވަރުގައި ދައްކަންޖެހޭ ވާހަކަ އެއް ކަމަށް މިނިސްޓަރު ޠާރިގު ވިދާޅުވިއެވެ.

މީގެ އިތުރުން މިކަމާއި ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމާއި މީހުންތަމްރީނު ކުރުމާއި ޓެކްނޮލަޖީގެ އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ވަރަށް މުހިއްމުކަމެއް ކަން މިނިސްޓަރ ޠާރިގު ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް