ސަޕޯޓަރުންގެ ހަމަލާއެއްގައި އަރޖެންޓީނާގެ ފުޓުބޯޅަ ކުޅުންތެރިއެއް މަރުވެއްޖެ

އަރޖެންޓީނާގެ ކުލަބެއް ކަމަށްވާ ޓީރޯ ފެޑެރަލްގެ ކެޕްޓަން ފްރާންކޯ ނީޓޯއަށް އިދިކޮޅު ޓީމުގެ ސަޕޯޓަރުން މަގުމަތިން ހަމަލާދީ މަރާލައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ޗަކަރީ...

05 Dec 2014 | 06:12

އަރޖެންޓީނާގެ ކުލަބެއް ކަމަށްވާ ޓީރޯ ފެޑެރަލްގެ ކެޕްޓަން ފްރާންކޯ ނީޓޯއަށް އިދިކޮޅު ޓީމުގެ ސަޕޯޓަރުން މަގުމަތިން ހަމަލާދީ މަރާލައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ޗަކަރީޓާ ޖޫނިއަރސް އަދި ޓީރޯ ފެޑެރަލް ކުޅުނު މެޗު ހަމަނުޖެހުމަކަށް ދިއުމާއި ގުޅިގެނެވެ. މިމެޗުގެ ބާކީ 15 މިނެޓްވަނިކޮށް ރެފްރީވަނީ މެޗު ހުއްޓާލާފައެވެ. އަދި އެއްކުޅުންތެރިޔަކު އަނެއްކުޅުންތެރިޔަކަށް ހަމަލާ ދިނުމުގެ ސަބަބުން ރެފްރީވަނީ 8 ކުޅުންތެރިޔަކަށް ރަތް ކާޑު ދައްކާފައެވެ.

ފްރޭންކޯ ނީޓޯއަށް ހަމަލާދީފައިވަނީ މެޗު ނިންމުމަށްފަހު ގެޔަށްދިއުމަށްޓަކައި ކާރަށް އަރަން އުޅުމުގައެވެ. އެގޮތުން މަންޒަރުދުތް އޭނާގެ ދެބޭންދެދަރި ބޭބެ ޕަބްލޯ ނީޓޯ ބުނިގޮތުގައި ފްރޭންކޯ އޭނާގެ އަންހެނުން އަދި އެއްމަސް ވެފައިވާ އަންހެން ދަރިފުޅާއެކު ކާރަށް އަރަން ދަނިކޮށް 3 މީހަކު އައިސް އޭނާ ވަށާލިކަމަށެވެ.

"އެމީހުން ފްރޭންކޯއަށް އެކި ގޮތްގޮތުން އަނިޔާ ދޭން ފެށި، އެހެން އުޅެމުން އެކަކު ބޮޑު ގަލަކުން ފްރޭންކޯގެ ބޯ ފަޅާލި" ޕަބްލޯ ނީޓޯ ބުންޏެވެ. އަންގާރަ ދުވަހު ފްރޭންކޯ އޮޕްރޭޝަނެއް ފުރިހަމަކުރި ނަމަވެސް ބުދަ ދުވަހުވަނީ ހާލު އިތުރަށް ގޯސްވެ މަރުވެފައެވެ.

މިކަމާއި ގުޅިގެން ޕޮލިހުން ބުނެފައިވަނީ 3 މީހަކު  މިހާރު ބައްދުކޮށްފައިވާނެ ކަމަށެވެ. އަރޖެންޓީނާގައި މިފަދަ ހަމަނުޖެހުންތަކުގެ ސަބަބުން ފުޓުބޯޅައަށް އަންނަނީ ނުރައްކާ ވަމުންނެވެ. މިއަހަރުވެސް މިހާތަނަށް ފުޓުބޯޅައިގެ ހަމަނުޖެހުންތަކުގައި 15 މީހުންވަނީ މަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް