ޝާހިދު ހައްޔަރު ކުރި އަމުރު ހައިކޯޓުގައި އިސްތިއުނާފު ކޮށްފި

05 Nov 2026 | 05:32
ފޮޓޯ: ޕޮލިސް

ފޮޓޯ: ޕޮލިސް

ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހައްޔަރު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

ޝާހިދު ހައްޔަރު ކުރީ މިދިޔަ ހޯމަ ދުވަހުގެ ރޭ އެވެ. އޭނާ ހައްޔަރު ކުރުމަށް ކޯޓުން އަމުރެއް ނެރުނީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުގުމަތުގައިއެވެ.

މި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު ވަނީ މައްސަލަ ބަލައިގަނެ ރަޖިސްޓްރީ ކޮށްފައި އެވެ.

ޝާހިދު ހައްޔަރުކު ކުރުމަށް ފަހު މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމުގެ އަމުރު ނެރެފައިވެ އެވެ. އޭނާ ހައްޔަރުކޮށްފައި ހުރީ ދޫނިދޫގައި އެވެ. ޝާހިދު ހައްޔަރުކޮށް ތަހުގީގަށް ބަންދުގެ މުއްދަތު އިތުރުކޮށްފައި ވާއިރު ޝާހިދުގެ ގެ ހ. ރަބީއީމަންޒިލަށް ކޯޓުއަމުރެއްގެ ދަށުން ފުލުހުން ވަދެ ރޭ ފާސްކުރި އެވެ.

ޝާހިދު ހައްޔަރު ކުރަން އުޅޭ ކަމުގެ އަޑު ފެތުރުމާއި އެކު އެރޭ އޭނާ ސޯޝަލް މީޑީއާގައި ވިދާޅުވެފައިވަނީ މިއީ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ އެއްވެސް އަސްލެއް ނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް