އަންނަ އާދީއްތަ ދުވަހަކީ (ނޮވެމްބަރު 10) ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަނޑައަޅުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސްޕޯކްސް ޕަރސަން އިބްރާހިމް ހޫދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާދީއްތަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ އަންނަ ހޮނިހިރު ދުވަހަކީ ކީރިތި ރަސޫލާގެ ޢީދު މީލާދު ދުވަހަށް ވެފައި ހޯމަ ދުވަހަކީ ޖުމްހޫރީ ދުވަސް ކަމަށް ވުމުން އެދެމެދަށް ރަސްމީ ދުވަހެއް އައިސްފައިވާތީ އެވެ.
ދެ ބަންދު ދުވަހުގެ މެދަށް ރަސްމީ ދުވަހެއް އައުމުން ރައްޔިތުންނަށް އުނދަގޫތަކަކާއި ކުރިމަތިވާނެތީ ސަރުކާރުން އާދީއްތަ ދުވަސް ބަންދު ކުރުމަށް ނިންމައިފައިވާ ކަމަށް ހޫދު ވިދާޅުވިއެވެ.
https://twitter.com/MvSpokesperson/status/1191618550550519808
އާދީއްތަ ދުވަހަކީ ރަސްމީ ބަންދު ދުވަހެއް ކަމަށް ކަނޑައެޅުމުން ކުރިޔަށް އޮތް ހަފުތާ ބަންދާ ގުޅުވައިގެން ހަތަރު ދުވަހުގެ ބަންދެއް ލިބިގެންދާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް