މަޖިލިސް ގޮނޑި ކަށަވަރު ކުރަން އިންޑިއާ ކެނޑިޑޭޓުން ބޯކޮށައިދީ، އިސްތިރިކޮށްދެނީ

އަވަށްޓެރި އިންޑިއާގެ މަޖިލިސް އިންތިހާބު އަންނަ އޭޕްރިލް-މޭ ގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އިންތިހާބުގައި ބައިވެރިވާ ބައެއް ކެނޑިޑޭޓުން ވޯޓު ހޯދަން ގޭގެއަށް ގޮސް ތަފާތު ކަންތައްތަކެއް ކުރަ...

05 Nov 2018 | 14:57

އަވަށްޓެރި އިންޑިއާގެ މަޖިލިސް އިންތިހާބު އަންނަ އޭޕްރިލް-މޭ ގައި ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އިންތިހާބުގައި ބައިވެރިވާ ބައެއް ކެނޑިޑޭޓުން ވޯޓު ހޯދަން ގޭގެއަށް ގޮސް ތަފާތު ކަންތައްތަކެއް ކުރަން ފަށައިފިއެވެ.

އެގޮތުން ދެ ކެނޑިޑޭޓަކު މިކަންކަމުގައި ވަރަށް ކުރީގައި އުޅޭކަން އިންޑިއާގެ މީޑިއާއިން ފާހަގަކުރެއެވެ. އެއީ މެހެބޫބުނަގަރުން މަޖިލިސް ގޮނޑިއަށް ކުރިމަތިލާ ކެނޑިޑޭޓު ސްރިނިވާސް ގޯދާއި ހައިދަރުއާބާދުން އަނިލް ކުމާރު ޔާދަވް އެވެ.

މި ދެ ކެނޑިޑޭޓުން ގޭގެއަށް ގޮސް އިސްތިރިކޮށްދިނުމާއި ޑޯސާ ތެލުލާދިނުމާއި ބޯކޮށާ ދިނުމާއި ތުނބުޅި ބާލާ ދިނުމުގެ ހިދުމަތް އަންނަނީ ދެމުންނެވެ. އަދި އެކަމަށް ރިކުއެސްޓް ކުރުމުގެ ފުރުސަތުވެސް މި ދެ ކެނޑިޑޭޓުން ވަނީ ހުޅުވާލާފައިކަމުގައި މީޑިއާގައި ރިޕޯޓް ކޮށްފައިވެއެވެ.

އިންޑިއާގައި އޮންނަނީ ބަރުލަމާނީ ނިޒާމު ކަމުން މަޖިލިސް އިންތިހާބަކީ ބޮޑުވަޒީރުވެސް ހޮވިގެންދާނެ އިންތިހާބެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް