ރައީސް ޔާމީނަށް ބާރު ބޮޑުކުރި ބާރަ މެމްބަރުންނަށް ޕްރައިމަރީއަކާއި ނުލާ ޓިކެޓު ދެނީ

ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޓިކެޓް ޕްރައިމަރީއަކާއި ނުލާ ދޭން ކޯލީޝަންގެ ލީޑަރުން އެއ...

05 Nov 2018 | 14:18

ގޮނޑި ގެއްލިފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ކުރިން ނިންމި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންނަށް، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޓިކެޓް ޕްރައިމަރީއަކާއި ނުލާ ދޭން ކޯލީޝަންގެ ލީޑަރުން އެއްބަސްވެފައިވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

https://twitter.com/maumoonagayoom/status/1059398576852226049

އެ ޓްވީޓްގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ 12 މެމްބަރުންނަށް އެ ދާއިރާތަކުން ޓިކެޓް ދިނުމަކީ މާކުރިން އެއްބަސްވެފައި އޮތް ކަމެއް ކަމަށެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވާއިރު އެ 12 މެމްބަރުން މިއަދު ވަނީ ރައީސް ނަޝީދާއި ބައްދަލުކުރައްވާފައެވެ. އަދި ޕްރައިމަރީއަކާއި ނުލާ ޓިކެޓް ދޭނެކަމުގެ ޔަގީންކަން ކޯލިޝަންގައި ދެން ހިމެނިވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ޕީޕީއެމްގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ދެއްވާފައިވާ ކަމަށް މެމްބަރުން ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މެމްބަރުންނަކީ ދަނގެތީ ދާއިރާގެ އިލްހާމް އަހްމަދާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނާއި ދިއްދޫ ދާއިރާގެ އަބްދުއްލަތީފް މުހައްމަދާއި ހަނިމާދޫ ދާއިރާގެ ހުސައިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ތިނަދޫ އުތުރު ދާއިރާގެ ސައުދުﷲ ހިލްމީ އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދާއި ތިމަރަފުށީ ދާއިރާގެ މުހައްމަދު މުސްތޮފާ އާއި ފުވައްމުލަކު އުތުރު ދާއިރާގެ އަލީ ޝާހުގެ އިތުރުން ތުލުސްދޫ ދާއިރާގެ މުހައްމަދު ވަހީދު (ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ ސައުދު ހުސައިންގެ އިތުރުން މަޑުއްވަރީ ދާއިރާގެ މުހައްމަދު އަމީތެވެ.

އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުމުގެ މައްސަލަތައް ސުޕްރީމް ކޯޓުން ބެލުމަށްފަހު އެ މެމްބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމް ކޯޓުން ވަނީ ވަކިވަކިން ހުކުމް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް