އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އާއި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ދެބޭފުޅުން ބައްދަލުކުރައްވާފައިވާއިރު ޝައިޚް އިމްރާން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފިއެވެ.
އެގޮތުން ކުރެއްވި ޓްވީޓެއްގައި ޝައިޚް އިމްރާން ވިދާޅުވެފައިވަނީ ރައީސް ނަޝީދު ރައްޔިތުންނަށްޓަކައި ވެވަޑައިގެންފައިވަނީ އާދަޔާ ހިލާފު ގުރުބާނީއެއް ކަމަށެވެ.
"މަނިކުފާނާއެކު ބައްދަލުވެ ހިޔާލު ބަދަލު ކޮށްލެވުމަކީ އަޅުގަނޑަށް ލިބުނު ނުހަނު ބޮޑު އުފަލެއް. މި ރާއްޖެ ހަމަ މަގަށް އަޅުވާ، އަމާން އައްސޭރިއަކަށް ގެންދިއުމަށް އަޅުގަނޑުމެން ގުޅިގެން ކުރެވެން ހުރި ކަންކަން ނުހަނު ގިނަގުނަ." ޝައިޚް އިމްރާންގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
https://twitter.com/ShimranAb/status/1059306222468259840
ޝައިޚް އިމްރާން މި ޓްވީޓް ކުރައްވާފައިވަނީ އެ ބައްދަލުވުމާއި ގުޅޭގޮތުން ރައީސް ނަޝީދު ކުރިން ކުރައްވާފައިވާ ޓްވީޓެއް ކުއޯޓް ކުރައްވަމުންނެވެ.
ރައީސް ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައިވަނީ ފާއިތުވި އަހަރުތަކުގައި އަނިޔާވެރިކަމާ ދެކޮޅަށް އެންމެ ފިޔަވަޅެއްވެސް ފަހަތަށް ޖެހިވަޑައިނުގެން ޝައިޚް އިމްރާން ކުރެއްވި މަސައްކަތުން އެމަނިކުފާނަށް ބޮޑު ހިތްވަރެއް ލިބުނު ކަމަށެވެ. އަދި ޝައިޚް އިމްރާންގެ އަނބިކަނބަލުންގެ މަސައްކަތާއި ހިތްވަރަށް ރައީސް ނަޝީދު ސާބަސް ދަންނަވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް