މަގު ހަދާފައިވާނީ ޖަންކްޝަންތައް މަތީ ފިލާ އެޅުމަށްފަހު: މިނިސްޓަރު މުއިއްޒު

މާލޭގެ ވަށާ މަގު އަލުން ހެދިއިރު މަގު ހަދާފައިވާނީ ޖަންކްޝަން ތައް މަތީ ފިލާ އެޅުމަށްފަހުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މި...

05 Nov 2018 | 06:22

މާލޭގެ ވަށާ މަގު އަލުން ހެދިއިރު މަގު ހަދާފައިވާނީ ޖަންކްޝަން ތައް މަތީ ފިލާ އެޅުމަށްފަހުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ތާރު އަޅާފައިވާއިރު ފިލާ ފެންނަ ފޮޓޯއަކާއެކު މިނިސްޓަރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ ފޮޓޯއިން އެ ފެންނަނީ ޖަކްޝަނެއް ކަމަށެވެ.

"ޖަންކްޝަންގެ ލެވެލް އުސްކޮށް މަތިގަނޑު އަޅަންޖެހޭ ކުންފުންޏަށް އެކަންކުރަން ވަގުތު ބޭނުންވާތީ މަގު ހެދުން ލަސް ނުކުރެވޭނެތީ، މަގު ހެދިއިރު ފިލައެއް ބާއްވާފަ ވާނީ" މިނިސްޓަރު ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވެފައިވަނީ މިގޮތަށް ހުރި ފިލާތައް ތަނާ އެ ކުންފުނިން ޖަންކްޝަން މަގާ ލެވެލްކޮށް މިހާރު އަންނަނީ މަތި އަޅަމުން ކަމަށެވެ.

މިނިސްޓަރު މިކަން ހާމަކުރައްވާފައިވާއިރު މަގުގައި ތާރު އެޅިއިރު ޖަންކްޝަންތައް ބައްދާލާފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި މިނިސްޓަރަށް ފާޑުކިޔުން އަމާޒުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް