އިންޓެލް ރިޕޯޓްތައް އަދީބަށް ދިން މައްސަލަ ސީރިއަށް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރަން ފަށައިފި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް ގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތާއި އިންޓެލިޖެންސް ބައެއް ރިޕޯޓުތައް ނައިބްރައީސް އަޙްމަދު އަދ...

05 Nov 2015 | 10:04

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑައިރެކްޓްރޭޓް އޮފް އިންޓެލިޖެންސް ގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތާއި އިންޓެލިޖެންސް ބައެއް ރިޕޯޓުތައް ނައިބްރައީސް އަޙްމަދު އަދީބަށް ދީފައިވާ މައްސަލަ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ދަނީ ތަޙުޤީޤު ކުރަމުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތްކުރާ ބައެއް ފުލުހުންނަށް ލިބިފައިވާ ރަސްމީ މަޢުލޫމާތު އަދި މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ހޯދާފައިވާ މަޢުލޫމާތު ނައިބްރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު އާއި ޙިއްސާ ކޮށްފައިވާކަން ފުލުހުންގެ ތަޙުޤީޤަށް ވަނީ ކަށަވަރު ވެފައި ކަމަށެވެ. ހަމަ އެއާއެކު އިންޓެލިޖެންސްގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންގެ ޢިލްމީ ޤާބިލްކަމާ ތަޖުރިބާ ނައިބްރައީސް އަޙްމަދު އަދީބާ ޙިއްސާކޮށްފައިވާކަން ވަނީ ތަޙުޤީޤަށް ސާބިތުވެފައި ކަމަށްވެސް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ފުލުހުންގެ އިންޓެލިޖެންސްގެ ސިއްރު ރިޕޯޓްތައް ނައިބްރައީސް އަޙްމަދު އަދީބުގެ ބައެއް އެޕާޓްމަންޓްތަކުން ވަނީ ފެނިފައި ކަމަށާއި އަދި މިފަދަ މަޢުލޫމާތުތައް ފޯރުކޮށްދިން މުވައްޒަފުންނަށް ބޮޑެތި ޢަދަދުތަކުން ފައިސާދީ މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާކަން ފުލުހުންގެ ތަޙުޤީޤަށް އެނގިފައި ވާ ކަމަށެވެ. މީގެ އިތުރުން އިސްވެ ދެންނެވި މުވައްޒަފުން ނައިބްރައީސް އަޙްމަދު އަދީބު ދިރިއުޅުއްވާ ބައެއް އެޕާޓްމަންޓްތަކަށް ގެންގޮސް ބައްދަލުކުރައްވާފައިވާކަން މިހާތަނަށް ދިރާސާކުރި ސީސީޓީވީ ފްޓޭޖްތަކުން ވަނީ ފެނިފައި ވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް