އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، ނައިބުރައީސް ކަމުން އަހުމަދު އަދީބު ވަކި ކޮށްފި

އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ނައިބު ރައީސް ކަމުން އަހުމަދު އަދީބު ވަކިކޮށްފި އެވެ. އަހުމަދު އަދީބުގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ހުށަހެޅީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދު...

05 Nov 2015 | 09:40

އިތުބާރު ނެތްކަމުގެ ވޯޓެއް ނަގައި، ނައިބު ރައީސް ކަމުން އަހުމަދު އަދީބު ވަކިކޮށްފި އެވެ.

އަހުމަދު އަދީބުގެ އިތުބާރު ނެތްކަމުގެ ގަރާރު މަޖިލީހަށް ހުށަހެޅީ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އެވެ.

މި ގަރާރަށް ރިޔާސަތުން ވޯޓަށް އެހުމުން ވޯޓު ދެއްވީ 61 މެމްބަރެކެވެ. އެ 61 މެމްބަރުންވެސް ވޯޓު ދެއްވީ އަދީބުގެ އިތުބާރު ނެތް ކަމަށެވެ.

އެއާއެކު ރިޔާސަތުން ވަނީ ނައިބުރައީސްގެ މަގާމުން އަދީބު ވަކިވެފައިވާކަން އިއުލާނު ކުރުމަށްފަހު މަޖލީހުގެ ޖަލްސާ ނިންމާލާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް