ޖަލުގައި ހުންނެވި ނައިބު ރައީސް އަހުމަދު އަދީބުގެ ގެއިން ފުލުހުންގެ އިންޓެލް ރިޕޯޓްތަކެއް ފެނިފައިވާ ކަމަށް ފުލުހުން ދެންމެ ބުނެފި އެވެ.
ފުލުހުން މިހެން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގްގައި ކުރިއަށްދިޔަ ޕްރެސް ބްރީފިންގަ އެވެ. ފުލުހުން ބުނީ، އިންޓެލް ރިޕޯޓްތައް ހޯދުމަށްޓަކައި ފުލުހުންނަށް އަދީބު ރިޝްވަތު ދޭ ކަމަށެވެ. އަދި އެ އިންޓެލް ފުލުހުން އެކަމަށް އެއްބަސްވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އަދީބުގެ ގެއިން ފިސްތޯލައެއް ފެނުނު ކަމަށް އާންމުންގެ ބައެއް މީހުން ބުނާތީ އެކަން ވެސް ބަލަމުން އަންނަ ކަމަށާއި އަދި ވަރަށް އަވަހަށް އެ މައްސަލަ ޕީޖީއަށް ފޮނުވާނެ ކަމަށް ފުލުހުން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް