ދިރާގު ދިވެހިލީގު: މާޒިއާ ބަލިވެ ނިއުރޭޑިއެންޓަށް ލީގު ކަށަވަރުވެއްޖެ

ރޭ ދިރާގް ދިވެހިލީގުގައި މާޒިޔާ ކުޅުނުމެޗުން އެޓީމް ބަލިވެ ނިއުރޭޑިއެންޓަށް ލީގު ކަށަވަރުވެއްޖެއެވެ. މާޒިޔާއިން އީގަލްސްއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 7 ވަނ...

05 Nov 2014 | 10:22

ރޭ ދިރާގް ދިވެހިލީގުގައި މާޒިޔާ ކުޅުނުމެޗުން އެޓީމް ބަލިވެ ނިއުރޭޑިއެންޓަށް ލީގު ކަށަވަރުވެއްޖެއެވެ.

މާޒިޔާއިން އީގަލްސްއާއި ދެކޮޅަށް ކުޅުނު މެޗުން ބަލިވެފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ 7 ވަނަ މިނެޓުގައި ޔަސްފާދުގެ ގޯލުން އީގަލްސްއިންވަނީ ލީޑު ނަގާފައެވެ. އަދި މާގިނައިރެއްނުވެ އީސަގެ ގޯލާއެކު އީގަލްސްއިން ލީޑު ފުޅާކުރިއެވެ. މާޒިޔާގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ އަދުހަމެވެ. އީގަލްސްގެ 3 ވަނަ ގޯލްވެސް ކާމިޔާބުކޮށްދިނީ ޔަސްފާދެވެ.

އެންމެ ފަހުގެ ޗެމްޕިއަން ނިއުއަށް ޖެހިޖެހިގެން ތިންވަނަ ފަހަރަށް ލީގު ކަށަވަރުވެފައި މިވަނީ، އެޓީމުން މިފަހަރުގެ ލީގުގައި ކުޅުނު 17 މެޗުގެ ތެރޭން 16 މެޗް ކާމިޔާބު ކޮށްގެނެވެ. މިފަހަރުގެ ލީގުގައި ނިއު މިހާތަނަށް ބަލިވެފައި ވަނީ ލީގުގެ ފުރަތަމަ ބުރުގައި މާޒިޔާ އަތުން 1-0 ލަނޑުންނެވެ.

ލީގް ތާވަލުގެ އެއްވަނައިގައި 48 ޕޮއިންޓާއެކު ނިއު އޮތްއިރު، މާޒިޔާ އޮތީ 44 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގަ އެވެ. މިރޭގެ މޮޅާއެކު ތާވަލްގެ ތިންވަނައިގައި އޮތް އީގަލްސްއަށް ވަނީ ޖުމުލަ 32 ޕޮއިންޓް ލިބިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް