60 އަހަރަށް ފަހު އަންހެނުންނަށް މޭކަޕް ކޮށްދިނުމުގެ ހުއްދަ ލިބިއްޖެ

މީގެ 60 އަހަރު ކުރިން ފެށިގެން މިހާތަނަށް ބޮލީވުޑްގައި ނެރޭ ފިލްމްތަކަށް މޭކަޕް ކޮށްދިނުން ފިޔަވާ ކޮންމެ މަސައްކަތެއްވެސް އަންހެނުންނަށް ކުރެވެ އެވެ. މިކަމާ ދެކޮޅަށް މިދާއިރާއިން މަތީތައުލީމު ހާސިލް ކ...

05 Nov 2014 | 09:37

މީގެ 60 އަހަރު ކުރިން ފެށިގެން މިހާތަނަށް ބޮލީވުޑްގައި ނެރޭ ފިލްމްތަކަށް މޭކަޕް ކޮށްދިނުން ފިޔަވާ ކޮންމެ މަސައްކަތެއްވެސް އަންހެނުންނަށް ކުރެވެ އެވެ.

މިކަމާ ދެކޮޅަށް މިދާއިރާއިން މަތީތައުލީމު ހާސިލް ކޮށްގެން ނުކުންނަ އަންހެނުން މަސައްކަތް ކުރިޔަށް ފިރިހެނުންތަކެއް އެކުވެގެން އުފައްދާފައިވާ ސިން ކޮސްޓިއުމް މޭކަޕް އާޓިސްޓް އެންޑް ހެއާ ޑްރެސާސް އެސޯސިއޭޝަނުން ދެކޮޅު ހަދައެވެ. އެ ޖަމިއްޔާއިން ބުނާގޮތުގައި އަންހެނުން މޭކަޕް އާޓިންޓުންގެ ގޮތުގައި މަސައްކަތް ކުރަން ފަށައިފި ނަމަ ފިރިހެނުންނަށް އެވަޒީފާގެ ފުރުސަތު ގެއްލުނީއެވެ. އެމީހުން ބާކީވީއެވެ.

އެހެން ނަމަވެސް ވަރަށް ފަހުން މޭކަޕްގެ ދާއިރާއިން މަތީތައުލީމު ހާސިލް ކުރުމަށް ފަހު ބޮލީވުޑްގައި މަސައްކަތް ކުރަން ދިއުމުން އެ ހުއްދަ އެ ޖަމިއްޔާއިން ނުދިން އެ އަންހެނަކާއި އިތުރު މީހަކުވެގެން ވަނީ އިންޑީއާގެ ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައި އެވެ. އެ ޕެޓިޝަންގައި އެދިފައިވަނީ ސިން ކޮސްޓިއުމް މޭކަޕް އާޓިސްޓް އެންޑް ހެއާ ޑްރެސާސް އެސޯސިއޭޝަނުން ހަދާފައިވާ އެ ގަވައިދު ބާތިލް ކޮށްދިނުމަށް އެދި އެވެ.

މި މައްސަލަ ބެލުމަށްފަހު އިއްޔެ ސުޕްރީމް ކޯޓުން ނިންމާފައިވަނީ އެފަދަ ގަވައިދެއް އެޖަމިއްޔާއިން ގެންގުޅުމަކީ މަސައްކަތުގެ މާހައުލުގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ތަފާތު ކުރުން ގެންގުޅުން ކަމަށެވެ. އަދި އެ ގަވައިދު ބާތިލްވީކަމަށެވެ. ކޯޓުން ވަނީ އެ އެސޯސިއޭޝަނުން ގެންގުޅޭ އެ ވިސްނުން ދޫކޮށްލުމަށް އަންގާފައި އެވެ.

އަދި ސުޕްރީމް ކޯޓުން ނެރުނު މި ހުކުމް އިންޑިއާގައި އެހެން ބަސްބަހުން ފިލްމް ނެރޭ ސިޓީތަކުގައި ހިނގާނެކަމަށް ހުކުމްކޮށްފައި ވެއެވެ.

ބޮލީވުޑްގައި އަހަރަކު 300 އަށްވުރެ ގިނަ ފިލްމް ނެރޭ އިރު 250،000 މީހުން އެކި މަސައްކަތްތަކުގައި ހަރަކާތްތެރިވެއެވެ. އެހެން ނަމަވެސް އަންހެނުންނަ ޓެކްނިކަލް ކަންކަމުން ފެށިގެން އިސްތަށި ގަނޑު ހަދައިދިނުމުގައި އުޅެވޭއިރު އެއްވެސް މީހެއްގެ މީކަޕް ކޮށްދިނުން އިއްޔެއާއި ހަމައަށް އޮތީ މަނާ ކުރެވިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް