ޔޫއެފާ ޗެމްޕިއަންސްލީގުގެ ގުރޫޕް ސްޓޭޖްގައި ރޭ އަރސެނަލްއިން އެންޑަރލެޗްއާއި ދެކޮޅަށް ކުޅުނުމެޗުގައި 3 ގޯލްގެ ލީޑެއް ގެއްލުވާލުމާއެކު އެއްވަރިވެއްޖެއެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 25 ވަނަ މިނެޓުގައި އަރޓެޓާގެ ޕެނެލްޓީން އަރސެނަލްއިންވަނީ ލީޑު ނަގާފައެވެ. އަދި މާގިނައިރެއްނުވެ ސަންޗޭޒްގެ ގޯލާއެކު އެމިރޭޓްސް ގުގުމާލިއެވެ. ދެވަނަ ހާފް ފެށިގެން މެޗުގެ 58 ވަނަ މިނެޓުގައި އޮކްސްލޭޑް ޗަމްބަލިންގެ ގޯލާއެކު އަރސެނަލްއަށް ނޮކްއައުޓް ކަށަވަރުވި ކަހަލައެވެ.
ނަމަވެސް މެޗުގެ 61 ވަނަ މިނެޓުގައި ވެންޑަން ބޯރޭގެ ގޯލުން އެންޑަރލެޗް ހިތްވަރުއާކުރިއެވެ. އަދި 73 ވަނަ މިނެޓިގައި ލިބުނު ޕެނެލްޓީވެސް ބޯރޭ ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކުރިއެވެ. މެޗުގެ ނަތީޖާ އެޑަރލެޗްއަށް ހަމަހަމަކޮށްދިނީ މެޗުގެ 90 ވަނަ މިނެޓުގައި މިޓްރޮވިޗެވެ.
މި ގުރޫޕްގައި ކުޅެވުނު އަނެތް މެޗު ބްރޫޝިއާ ޑޯޓުމަންޑުން ކާމިޔާބުކުރީ ގަލަޓަސަަރާއީއާއި ވާދަކޮށް 4-1ގެ ނަތީޖާއަކުންނެވެ.
މިނަތީޖާއާއެކު ޑޯރޓުމަންޑު ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއްވަނަ ދަމަހައްޓާފައިވާއިރު އަރސެނަލްއޮތީ 7 ޕޮއިންޓާއެކު 2 ވަނައިގައެވެ.3 ވަނައިގައި އޮތް އެންޑަރލެޗްއަށް ލިިބިފައިވަނީ 2 ޕޮއިންޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް