އެ މަސައްކަތްތެރީންނަށް ހަދިޔާ ދިނުމަށް އުރީދޫއިން ކުރިއަށްގެންދިޔަ ހަރަކާތުގެ ތެރެއިން - ފޮޓޯ: އުރީދޫ މޯލްޑިވްސް
އުރީދޫ މޯލްޑިވްސްއިން ޤައުމީ ފަތުރުވެރިކަމުގެ ދުވަސް
ފާހަގަކުރުމުގެ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ފްރަންޓްލައިންގައި މަސައްކަތްކުރާ
ގްރައުންޑް ސްޓާފުންނާއި، އެއަރޕޯޓް ޓީމްތަކާއި، ގައިޑުން އަދި ރިސޯޓް ޓްރާންސްފާ ކްރޫންނަށް
ހަދިޔާ ޕެކް ހަވާލުކޮށްފިއެވެ.

އުރީދޫއިން ބުނެފައިވާގޮތުގައި މި ހަރަކާތަކީ ރާއްޖެއަށް
ޒިޔާރަތްކުރާ ފަތުރުވެރިންނަށް މަރުހަބާ ކިޔައި، ދުނިޔޭގެ ފެންވަރުގެ މެހެމާންދާރީ
ފޯރުކޮށްދިނުމުގައި މި ޒުވާނުން އަދާކުރާ ދައުރު ފާހަގަކޮށް ހިތަވަރުދިނުމުގެ ގޮތުން
ހިންގުނު ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި އުރީދޫގެ ފަރާތުން ވަނީ ރާއްޖޭގެ
ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އެހީތެރިކަމަށް ޝުކުރު
އަދާކުރައްވާފައެވެ. މި ހަރަކާތަކީ އުރީދޫއިން ރާއްޖޭގެ ފަތުރުވެރިކަން އެންމެ ފުރިހަމަކޮށް
ދަމަހައްޓައިދޭ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް ކުރާ މަސައްކަތުގެ ރަމްޒެއްކަމުގައި
އެ ކުންފުނިން ބުނެއެވެ.

ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް