ޕާކިސްތާނުގެ ފަސް ޖެޓް ވައްޓާލިން: އިންޑިއާ އެއރފޯސް

މިދިޔަ މެއި މަހު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި ޕާކިސްތާނުގެ ފަސް ޖެޓެއް ވައްޓާލިކަމަށް އިންޑިއާގެ ވައިގެ ސިފައިންގެ އެންމެ އިސްވެރިޔާ އަމަރް ޕްރީތު ސިންހް ވިދާޅުވެއްޖެއެވެ....

05 Oct 2025 | 15:13
އިންޑިއާގެ އެއާ ޗީފް މާޝަލް، އަމަރް ޕްރީތް ސިންހް -

އިންޑިއާގެ އެއާ ޗީފް މާޝަލް، އަމަރް ޕްރީތް ސިންހް -

މިދިޔަ މެއި މަހު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ހިނގި

ކުރިމަތިލުންތަކުގައި ޕާކިސްތާނުގެ ފަސް ޖެޓެއް ވައްޓާލިކަމަށް އިންޑިއާގެ ވައިގެ ސިފައިންގެ

އެންމެ އިސްވެރިޔާ އަމަރް ޕްރީތު ސިންހް ވިދާޅުވެއްޖެއެވެ.

އިންޑިއާ ވައިގެ ސިފައިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި

އެއަރ ޗީފް މާޝަލް ސިންހް ވިދާޅުވީ އިންޑިއާއިން ވައްޓާލީ ޕާކިސްތާނުގެ އެފް-16 އަދި

ޖޭ.އެފް-17 މަރުކާގެ ޖެޓްތަކެއް ކަމަށެވެ. ޕާކިސްތާނުގެ ފަސް ޖެޓް ވައްޓާލިކަމަށް އިންޑިއާއިން

މީގެ ކުރިންވެސް ސިންހް ވިދާޅުވިއެވެ. އެހެންނަމަވެސް އެއީ ކޮން މަރުކާގެ ޖެޓްތަކެއް

ކަމެއް މީގެ ކުރިން އިންޑިއާއިން ހާމަކޮށްފައެއް ނުވެއެވެ.

އެފް-16 އަކީ އެމެރިކާއިން އުފައްދާ ޖެޓެކެވެ. އަދި

ޖޭ.އެފް-17 އަކީ ޗައިނާގެ އުފެއްދުމެކެވެ. މި ދެބާވަތުގެ ޖެޓަކީވެސް އެންމެ ފަހުގެ

ޒަމާނީ ޓެކްނޮލޮޖީ އެކުލެވޭ، ދުޝްމަނުންނަށް ނުރައްކާތެރި ޖެޓްތަކެކެވެ.

ޕާކިސްތާނުގެ ޖެޓްތަކެއް ވައްޓާލިކަމަށް އިންޑިއާއިން

ބުނި ބުނުމަށް ޕާކިސްތާނުން އަދި މިހާތަނަށް ރައްދެއް ދީފައެއް ނުވެއެވެ. ޕާކިސްތާނުން

ކުރިން ބުނެފައިވަނީ އިންޑިއާގެ ހަ ޖެޓް ވައްޓާލިކަމަށާއި، އޭގެ ތެރޭގައި ފަރަންސޭސީވިލާތުގައި

އުފައްދާ ރަފޭލް ޖެޓް ހިމެނޭކަމަށެވެ. ޕާކިސްތާނުގެ ހަމަލާގައި ގެއްލުންތަކެއް ލިބުނުކަމަށް

އެއްބަސްވިނަމަވެސް، ހަ ޖެޓް ވެއްޓުނުކަމަށް އިންޑިއާއިން އެއްބަހެއް ނުވެއެވެ. އަދި

ޕާކިސްތާނަށްވެސް ހަ ޖެޓް ވައްޓާލެވުނުކަމުގެ ހެއްކެއް ނުދެއްކެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް