އިންޑިއާގެ ޑާޖެލިންގައި ބިންގަނޑު ކަހާލުމުގެ ހާދިސާތަކެއްގައި 18 މަރު

ބޯކޮށް ވާރޭވެހި ބިންގަނޑު ކަހާލުމުގެ ހާދިސާތަކެއްގައި އިންޑިއާގެ ވެސްޓް ބެންގާލްގެ ޑާޖެލިންގައި 18 މީހަކު މަރުވެ އެތައް ބަޔަކު ގެއްލިއްޖެއެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ސަރަހައްދުގައި ބޯކޮށް ވ...

05 Oct 2025 | 11:48
މަގުތައް ހަލާކުވުމާއި ބައެއް ގެތައް ބިމާހަމެ މުހިންމު ބްރިޖެއް ވެއްޓިފައިވޭ -

މަގުތައް ހަލާކުވުމާއި ބައެއް ގެތައް ބިމާހަމެ މުހިންމު ބްރިޖެއް ވެއްޓިފައިވޭ -

ބޯކޮށް ވާރޭވެހި ބިންގަނޑު ކަހާލުމުގެ

ހާދިސާތަކެއްގައި އިންޑިއާގެ ވެސްޓް ބެންގާލްގެ ޑާޖެލިންގައި 18 މީހަކު މަރުވެ

އެތައް ބަޔަކު ގެއްލިއްޖެއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ސަރަހައްދުގައި

ބޯކޮށް ވާރޭވެހި ބައެއް ހިނގަމުން އަންނަ މި ހާދިސާތަކުގައި ބައެއް ގެތައް ވެއްޓި،

ބްރިޖުތައް ވެއްޓި، މަގުތަކާއި ސައިފަތް ދަނޑުތައް ހަލާކުވުމުގެ ހާދިސާތައް

އަންނަނީ ހިނގަމުންނެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތްކުރާ

ފަރާތްތަކަށް އެންމެ ބޮޑު އެއް ގޮންޖެހުމެއް ކުރިމަތިވެފައިވަނީ އެންމެ ބޮޑަށް

އަސަރުކޮށްފައިވާ އެއް ސަރަހައްދަށް ފަސޭހައިން ދެވޭނޭހެން ހަދާފައިވާ ބްރިޖު

ވެއްޓިފައިވުމެވެ.

ކުރިއަށް އޮތް 24 ގަޑިއިރުވެސް އެ ސަރަހައްދަށް

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ހާލަތު އިތުރަށް ގޯސްވެ އިތުރު

ބަޔަކު ދުނިޔެ ދޫކުރުމުގެ ބިރު ބޮޑުކަމަށް ލަފާކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް