އެކްސިޑެންޓްގެ މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އަންނަނީ ދައުރުވަމުން -
ތިނަދޫ ސިޓީގައި އިއްޔެ ނުރައްކާތެރި އެކްސިޑެންޓެއް
ހިނގައި ހަ އަހަރުގެ ފިރިހެން ކުއްޖަކަށް އަނިޔާވެއްޖެއެވެ.
ދުވަހަށް މަޢުލޫމާތުދެމުން ފުލުހުން ބުނީ ތިނަދޫ
ސިޓީ އާބާދީ ހިނގުމުން ހުޅަނގު އިރަށް ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް
ދުވެފައި މަގު ހުރަސްކުރި ކުޑަކުއްޖެއްގެ ގައިގައި ޖެހި އެކްސިޑެންޓްވި މައްސަލަ
އިއްޔެ އިރުއޮއްސުނު ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ.
"މި އެކްސިޑެންޓްގައި، މަގު ހުރަސްކުރި ހަ
އަހަރުގެ ފިރިހެން ކުއްޖާއަށް އަނިޔާވެގެން ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި
ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން އިތުރަށް ބުނީ އެ އެކްސިޑެންޓްގައި ހިމެނޭ
ސައިކަލު ދުއްވާފައިވަނީ އެ ކެޓަގަރީގެ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސު ނޯންނަ
މީހެއް ކަމަށާއި އަދި އެކްސިޑެންޓް ވުމުން މަޑުނުކޮށް ދިޔަ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ސައިކަލު ދުއްވި 21
އަހަރުގެ ދިވެހި ފިރިހެން މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސައިކަލު
ޓޯކޮށް މައްސަލަ ތަޙްޤީޤު ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް