ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހުގެ ފަހުކޮޅު ހދ. ކުމުންދުއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ
ކޮމިޓީޓަކަށް މިހާރު ދޭ ބަޖެޓު ދެގުނައަށް ބޮޑުކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.
މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
އެ ނިންމެވުން ނިންމެވިކަން ރައީސް ހާމަކުރެއްވީ
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ އަންހެނުންގެ
ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަށް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި ،
2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމިގެކުރިން ދެ ބަދަލެއް ގެނައުމަށް
ނިންމަވާފައިވާނެ ކަމަށެވެ.
އެ ދެ ބަދަލުގެ ތެރެއިން ފުރަތަމަ ބަދަލަކީ
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތގައި،
ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ ފަސް އިންސައްތަ ދެ ގުނަ ބޮޑުކޮށް ދިހަ
އިންސައްތައަށް ބަދަލުކުރުމެވެ.
ދެވަނަ ބަދަލަކީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ
ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން
ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ހަމަޖެއްސުމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް