ފައްޔާޒާއި ފަރްޒާނާ -
ޕާކިސްތާނުގެ ޕަންޖާބުގެ މުލްތާނުގެ ސްކޫލެއްގެ
ޕްރިންސިޕަލަކު އެ ސްކޫލުގެ ޕިއޯނާއި ކައިވެނިކޮށްފިއެވެ.
މުލްތާނުގެ ސެކަންޑަރީ ސްކޫލެއްގެ ޕްރިންސިޕަލްގެ
މަގާމުގައި ހުރި ފަރްޒާނާ، އެ ސްކޫލުގެ ޕިޔޯނުގެ މަގާމުގައި ހުރި ފައްޔާޒާއި
ކައިވެނިކޮށްފައިވަނީ ނިމުނު އޯގަސްޓް މަހުގެ ފަހުކޮޅުގައެވެ.
މި ކައިވެނީގެ ވާހަކަ ޕާކިސްތާނު މީޑިއާތަކުގެ ފަލަ
ސުރުހީތަކުން ޖާގަ ހޯދާފައިވާއިރު ފަރްޒާނާ ބުނެފައިވަނީ ފައްޔާޒްދެކެ ލޯބިވެވުނީ ފައްޔާޒްގެ
ހުލްގު އަހުލާގާއި ކޮންމެ ދުވަހަކު ހެނދުނު ސައިތަށި ގެނެސްދޭގޮތުގެ ސާދާކަމުން
ކަމަށެވެ. ފައްޔާޒަށް ޕްރޮޕޯޒް ކުރެވުނީ ވަރަށް ހިތްވަރުން ކަމަށާއި ކައިވެންޏަށް
ހުށަހެޅުމުން ފައްޔާޒް އެކަމަށް އެއްބަސްވީކަމަށްވެސް ފަރްޒާނާ ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް