ގެއްލިގެން ހޯދަމުން އަންނަ މީހާ - ފޮޓޯ: ޕޮލިސް
ބ. ކެންދުއަށް ނިސްބަތްވާ މީހަކު ގެއްލިގެން
ހޯދަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން ފުލުހުން ބުނެފައިވަނީ އެ ރަށު މަންޒިލް،
އުމުރުން 33 އަހަރުގެ ޝަހުމުﷲ ސާޖިދު ޢާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާކަމަށް
މި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ފުލުހުންނަށް ރިޕޯޓްކޮށްފައިވާތީ ހޯދުމުގެ މަސައްކަތް
ކުރަމުން އަންނަ ކަމަށެވެ.
"ޝަހުމުﷲ ސާޖިދު މިހާރު ދިރިއުޅެމުންދަނީ މާލޭގައި ކަމަށް އާއިލާއިން މައުލޫމާތު ދީފައިވޭ"
ފުލުހުން ބުނެފައިވެއެވެ.
ޝަހުމުﷲ ސާޖިދާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ
ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ މާފަންނު ޕޮލިސް ސްޓޭޝަންގެ ނަންބަރު
9660183 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް