ގަވަރުނަރުކަމަށް ހާޝިމް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ، ހުސްވެފައިވާ ގަވަރުނަރުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. ފާސްކޮށްފައިވަނީ އެ ވޯޓުގައި ބަ...

05 Sep 2019 | 12:43

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ، ހުސްވެފައިވާ ގަވަރުނަރުގެ މަގާމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމް އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ފާސްކޮށްފައިވަނީ އެ ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުންނެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމަށް އަލީ ހާޝިމް އެންޑޯސް ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް ސޯލިހް އެ މަގާމަށް ބޭފުޅަކު އެންޑޯސް ކުރެއްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ނަސީރު އިސްތިއުފާ ދެއްވުމުންނެވެ.

އަލީ ހާޝިމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި 2008 ވަނަ އަރުން 2010 ވަނަ އަހަރަށް ފިނޭންސް މިނިސްޓަރުކަން އަދާކުރެއްވި ބޭފުޅެކެވެ.

އައްޑޫ އިންޓަނޭޝަނަލް ކުންފުނީގެ ޗެއާމަންކަންވެސް ކުރިން ކުރެއްވި ހާޝިމް މިހާރު ހުންނެވީ ޕްރެޒިޑެންޝަލް އެކްޝަން ކޮމިޓީގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް