ސާރާގެ ފުރަތަމަ ފިލްމުގެ ޝޫޓިން މިއަދު ފަށަނީ، ޕޯސްޓަރެއް ދައްކާލައިފި

ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ ޝޫޓިން މިއަދު ފަށާނެ އެވެ. ސުޝާންތް ސިންގް ރާޖްޕުޓް އާއި އެކު ސާރާ ފެނިގެންދާ މި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ރޭ ވަނީ ފިލްމ...

05 Sep 2017 | 04:12

ސައިފް އަލީ ހާންގެ ދަރިފުޅު ސާރާ އަލީ ހާން ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ ޝޫޓިން މިއަދު ފަށާނެ އެވެ.

ސުޝާންތް ސިންގް ރާޖްޕުޓް އާއި އެކު ސާރާ ފެނިގެންދާ މި ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ރޭ ވަނީ ފިލްމުގެ ޕޯސްޓަރެއް އާންމުކޮށްފައި އެވެ. މި ފިލްމުގެ ނަމަކީ "ކެދާރްނާތު" އެވެ.

ފިލްމުގެ ޑައިރެކްޓަރު އަބީޝެކް ކަޕޫރު ރޭ ކޮށްފައިވާ ޓުވީޓެއްގައި ވަނީ ފިލްމަށް އިންތިޒާރު ކުރަމުންދާ ފަރާތްތަކަށް ކޮންމެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ގެނެސްދީފަ އެވެ. އެ ޕޯސްޓަރުގައި ސުޝާންތު އާއި ސާރާގެ މޫނު ސާފުކޮށް ނޭނގު ނަމަވެސް އެއީ އެދެމީހުންކަން އެނގެ އެވެ.

ޕޯސްޓަރުން ފެންނަ ގޮތުގައި މި ފިލްމުގެ މަންޒަރުތައް ނަގާނީ އިންޑިއާގެ ފަރުބަދަމަތީ ސަރަހައްދުތަކުގައި ކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެ އެވެ. މި ފިލްމަކީ ލޯބީގެ ފިލްމެކެވެ.

މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫންގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް