ގަދަ ވަޔާއި އެކު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ

ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ން ލަފާކޮށްފި އެވެ. އެ އިދާރާއިން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގަ އުތުރާ ދެކުނަށް ގަ...

05 Sep 2017 | 03:42

ކުރިޔަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) ން ލަފާކޮށްފި އެވެ.

އެ އިދާރާއިން ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގަ އުތުރާ ދެކުނަށް ގަދަ ވަޔާއި އެކު ބޯކޮށް ވާރޭވެހި، ބައެއް ހިސާބުތަކަށް ގުގުރާނެ ކަމަށެވެ. އުތުރާއި މެދު ރާއްޖެތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެ އެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށް ވައިޓް އެލާޓު ނެރެފަ އެވެ. އެލާޓު ނެރެފައިވަނީ މިއަދު ހެނދުނު 8:00 މެންދުރު ފަހު 2:00 އަށެވެ.

މެޓް އޮފީހުން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ. އަދި އެ ސަރަހައްދުތަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް