ކޮންޓޭނަރެއްގެ ދަށުވެ އެމްޕީއެލްގެ މުވައްޒަފަކު ޒަހަމްވެއްޖެ

ކޮންޓޭނަރެއްގެ ދަށުގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފެއްގެ ފައި ވަރަށް ބޮޑަށް ޒަހަމް ވެއްޖެ އެވެ. އެ ހާދިސާ ހިނގާފައިވަނީ މިރޭ އެ ސަރަހައްދުގައި އޮތް ބޯޓަކަށް ކޮންޓޭނަރެއް ތިރިކުރަ...

04 Sep 2017 | 19:36

ކޮންޓޭނަރެއްގެ ދަށުގެ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މުވައްޒަފެއްގެ ފައި ވަރަށް ބޮޑަށް ޒަހަމް ވެއްޖެ އެވެ.

އެ ހާދިސާ ހިނގާފައިވަނީ މިރޭ އެ ސަރަހައްދުގައި އޮތް ބޯޓަކަށް ކޮންޓޭނަރެއް ތިރިކުރަން އުޅުމުގެ ތެރޭގައި އެވެ. އެމްޕީއެލްގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާގައި ކޮންޓޭނަރު ވެއްޓުމުގެ ސަބަބުން އެމީހާގެ ފައި ފިތުނީ ކަމަށެވެ.

އެމީހާއަށް ފަރުވާދިނުމަށް ވަގުތުން ހޮސްޕިޓަލަށް ގެންގޮސްފައިވެ އެވެ. އައިޖީއެމްއެޗުން ބުނީ އެމީހާގެ ފަޔަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

އެކަމަކު ތަފްސީލް ދެވޭނީ އެމަޖެންސީ އޮޕަރޭޝަނެއް ކުރުމަށް ފަހު ކަމަށެވެ. އެ އޮޕަރޭޝަން މިހާރު ދަނީ ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް