ޓެރަރިޒަމްގެ ބޮޑެތި ތުހުމަތު ތަކެއްގައި ބަންދުކޮށްފައި ހުއްޓާ މަރުވި ޔަމަންގެ ޔާސިރު ޔަހުޔާގެ ޖަނާޒާ މިއަދު މެންދުރުފަހު ބާއްވަން ނިންމައިފިއެވެ.
ދިވެއްސަކާ އިނދެ ރާއްޖޭގައި ދިރިއުޅުމެއް އުޅެނިކޮށް ބޮޑެތި ތުހުމަތުތަކެއްގައި ބަންދުކޮށްފައި ހުއްޓާ އޭނާ މަރުވީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއްގައި ހުއްޓައެވެ.ޖަނާޒާބާއްވަންނިންމާފައިވަނީމިއަދުމެންދުރުފަހު01ޖަހާއިރުގައެވެ.
މާލޭގައި ޓީޗަރެއްގެ ވަޒީފާ އަދާކުރަމުންދަނިކޮށް ޔާސިރު ހައްޔަރުކޮށްފައިވަނީ 2017 ވަނަ އަހަރުގެ މާރިޗް މަހުގެ ތެރޭގައެވެ. އޭރު އޭނާ ހައްޔަރުކުރީ ޑީޕޯޓްކޮށްލަން ކަމަށް ބުނެއެވެ. ނަމަވެސް އޭނާ ބަންދުގައި ބަހައްޓާފައި ހުރީ އެއްވެސް ދައުވާއެއް ނުކޮށެވެ.
އޭނާ މަރުވީ މި މަހުގެ ދެވަނަ ދުވަހުގައެވެ. ޔާސިރުގެ މަރާއި ގުޅިގެން ކަރެކްޝަންސް އާއި އިމިގްރޭޝަން ގުޅިގެން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އޭނާއަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި އޭނާ އަކީ އަލްގައިދާ ޖަމާއަތާ ގުޅުން އޮންނަ އެ ޖަމާއަތުގެ އިސް ދައުރެއް އަދާކުރަމުންދިޔަ މީހެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް