"ކްލޮޕަށް ބޭލްގެ ފުރިހަމަ ބޭނުން ހިފަން އެނގޭނެ"

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށް ވޭލްސް ތަރި ގެރެތު ބޭލްގެ ފުރިހަމަ ބޭނުން ހިފަން އެނގޭނެ ކަމަށް އެ ކްލަބުގެ ލެޖެންޑް މާކް ލޯރެންސަން ބުނެފިއެވެ. ރެއާލް މެޑްރިޑާއެކު ބޭލްގެ ކުރިމަގާ ގުޅޭގޮތުން މި ޓްރާނ...

05 Aug 2019 | 18:56

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕަށް ވޭލްސް ތަރި ގެރެތު ބޭލްގެ ފުރިހަމަ ބޭނުން ހިފަން އެނގޭނެ ކަމަށް އެ ކްލަބުގެ ލެޖެންޑް މާކް ލޯރެންސަން ބުނެފިއެވެ.

ރެއާލް މެޑްރިޑާއެކު ބޭލްގެ ކުރިމަގާ ގުޅޭގޮތުން މި ޓްރާންސްފާގައި އަންނަނީ ދެކެވެމުންނެވެ. އެގޮތުން ބޭލް ދެން ގުޅޭނެ ކްލަބަކީ ކޮބައި ކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

އުމުރުން 30 އަހަރުގެ ވިންގާ ބޭލް ގުޅޭނެ ކަމަށް ބެލެވޭ ކްލަބުތަކެއް ނަންތަކެއް މިހާރު ވެސް އެކި ރިޕޯޓުތަކުން ދަނީ ފާހަގަކުރަމުންނެވެ. ނަމަވެސް އަދި މިހާތަނަށް ބޭލް ކްލަބަކާ ގުޅުމުގެ ފަހުގެ ނިންމުންތަކާ ކައިރިވާ ހިސާބަށް ވެސް ގޮސްފައެއް ނުވެއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ބޭލް ގުޅޭނީ އޭނާ ވިދާލި އިނގިރޭސި ކްލަބު ޓޮޓެންހަމް ހޮޓްސްޕާއާއެވެ. އެހެންނޫން ނަމަ، އޭނާ ގުޅޭނީ ޗައިނާގެ ކްލަބަކާ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

ބޭލްއާ ގުޅޭގޮތުން ލިވަޕޫލްގެ ލެޖެންޑް ލޯރެންސް ބުނީ ކްލޮޕަށް ބޭލްގެ ފުރިހަމަ ބޭނުން ހިފަން އެނގޭނެ ކަމަށާއި ނަމަވެސް ޓީމުގައި ބޭލް ފިޓުވާނީ ކޮން މަގާމަކަށް ކަމެއް ނޭނގޭ ކަމަށެވެ.

“އަހަރެން ގަބޫލުކުރާ ގޮތުގައި ބޭލްގެ ފުރިހަމަ ބޭނުން ހިފަން ކްލޮޕަށް އެނގޭނެ. ބޭލް ކުރިއަށް ކުޅޭ ތިން ކުޅުންތެރިންގެ މަގާމަށް ފިޓުވާނެ ކަމެއް ނޭނގޭ. އެކަމަކު މެދުތެރޭގައި ހިމެނޭ ތިން ކުޅުންތެރިންގެ މަގާމަށް ބޭލްއަށް ކުޅެވިދާނެ،" އޭނާ ބުންޏެވެ.

ލޯރެންސް ބުނީ ބޭލްއަކީ ވަރަށް ހުނަރުވެރި ކުޅުންތެރިއެއް ކަމަށާއި އޭނާ ބޭނުންވަނީ ކްލޮޕް ފަދަ ކޯޗެއްގެ އެހީތެރިކަން ކަމަށެވެ. އަދި ބޭލްގެ މައްސަލައަކީ އަނިޔާގެ މައްސަލަތައްކަން މީހުން ފާހަގަކުރި ނަމަވެސް، ކްލޮޕަށް އެކަމަށް ވެސް ހައްލެއް ގެނެވިދާނެ ކަމަށް ލޯރެންސް ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް