މާލޭ ގެއެއްގެ ކޮޓަރިއެއްގައި އޮތް ގޮދަޑިއެއްގައި ރޯވި އަލިފާން މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ނިއްވާލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ގ. މާޖެހިގޭގެ ފަސްވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައެވެ.
އެމްއެންޑީއެފުން ބުނެފައިވާގޮތުގައި މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 08:47 ގައެވެ. އަލިފާން ނިއްވާލާފައިވަނީ މިރޭ 09:01 ގައެވެ.
ގޮދަޑީގައި ރޯވި އަލިފާން ނިއްވާލާފައިވާއިރު އެގޭގައި ދުން ބޯވުމުގެ ސަބަބުން ދުން ނެރުމަށް ފަޔަރ ޓީމުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް