އައިޖީއެމްއެޗް ކައިރިން ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ސައިކަލެއް އެކްސިޑެންޓެއް ވެއްޖެއެވެ.
މިއަދު 11:45 ހާއިރު ހިނގި މި އެކްސިޑެންޓްގައި، ދުއްވާފައި ދިޔަ ސައިކަލު ކޮންޓްރޯލް ނުވެގެން ސައިކަލު ވެއްޓި ކަހައިލައިގެން ގޮސް، އެމަގުގައި ހުރި ރުކެއްގައި ވަނީ ޖެހިފައިވެއެވެ.
ސައިކަލުގައި ތިބި ދެމީހުންގެ ތެރެއިން، ފަހަތުގައި އިން މީހާގެ އަތުގެ އިނގިލިތައް މަށައިގެން ގޮސްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެ މީހާ ވަނީ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދީފައެވެ. ސައިކަލު ދުއްވަން އިން މީހާ އަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެކްސިޑެންޓްވި ސައިކަލު ދުއްވަން އިނީ 18 އަހަރުގެ ލައިސަންސް އޮތް ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް