ހުޅުމާލެއިން އިއްޔެ ރޭ ދަންވަރު މަސްތުވާތަކެއްޗާއި އެކީ ހައްޔަރުކުރި ދެމީހުން ދޫކޮށްލުމަށްފަހު އަލުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި ދެމީހުން ކޯޓުން ދޫކޮށްލުމުން، ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުން އަނެއްކާވެސް ހައްޔަރުކޮށްފައި ވާކަމަށެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ އެމީހުން ދިރިއުޅޭ ގެއިން ރޭ ދަންވަރު 3:17 ހާއިރު ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މި މީހުން ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ގެއެއްގެ ތެރެއިން 3 ކިލޯގެ މަސްތުވާތަކެއްޗާއި އެކީގައެވެ. ހައްޔަރުކޮށްފައި ވަނީ 25 އަހަރުގެ ދިވެހި ފިރިހެނަކާއި 52 އަހަރުގެ ދިވެހި އަންހެނެކެވެ.
މި ދެމީހުން ހައްޔަރު ކުރުމަށް އަމުރުކޮށްފައި ވަނީ ހުޅުމާލެ ކޯޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް