ހޮނިހިރު ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާފައިވާ ކެނޑިޑޭޓުންގެ ތެރެއިން 10 ކެނޑިޑޭޓަކު އެންޑޯޒްކޮށް ލޭބަރ ޕާޓީން އެކަން އިއުލާނު ކޮށްފިއެވެ.
އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ މިމަހުގެ ހަ ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެހެނިހެން ޕާޓީތަކުގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާއި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ލޭބަރ ޕާޓީގެ އެންޑޯޒްމަންޓަށް އެދިފައިވާ ފަރާތްތަކާއެކު ބޭއްވުނު މަޝްވަރާތަކަށްފަހު، މިކެންޑިޑޭޓުން އެންޑޯޒްކުރުމަށް ލޭބަރ ޕާޓީއިން ނިންމާފައިވާކަމަށެވެ.
އެ ކެނޑިޑޭޓުންނަކީ
އަޙްމަދު ސަލީމް، ރަބީޢުމަންޒިލް / ހއ. ހޯރަފުށި (ހޯރަފުށި ދާއިރާ / އެމް.ޑީ.ޕީ)
މުޙައްމަދު ނާޡިމް، މ. ހިލްއިންދަގާރޑްން / ކ. މާލެ (ކެލާ ދާއިރާ / އަމިއްލަ ގޮތުނ))
ޢަލީ ޙުސައިން، މުނިޔާގެ / ބ. ކެންދޫ (ކެންދޫ ދާއިރާ / ޖުމްހޫރީ ޕާޓީ)
މުޙައްމަދު ކާރިމް، އާވެހި / ޅ. ނައިފަރު (ނައިފަރު ދާއިރާ / އެމް.ޑީ.ޕީ)
ޙުސައިން ޙުސްނީ، އޯކިޑްވިލާ / އދ. އޮމަދޫ (ދަނގެތި ދާއިރާ / އަމިއްލަ ގޮތުން)
ޢާއިޝަތު ރިޔާސާ، ޢަޞުރުމާގެ / މ. ކޮޅުފުށި (މުލަކު ދާއިރާ / ޢަދާލަތު ޕާޓީ)
ޢަބްދުﷲ މުޙައްމަދު، ދުވެލި / ގދ. މަޑަވެލި (މަޑަވެލި ދާއިރާ / އަމިއްލަ ގޮތުން)
ޙަސަން ޚާލިދު، މިސްކިތްމަގު، ޒަމާން / ޏ. ފުވައްމުލައް (ފުވައްމުލަކު މެދު ދާއިރާ / ޕީ.އެން.ސީ)
ޢަބްދުއްރަޙްމާން، އަންބަރީވާދީ / ސ. މީދޫ (އައްޑޫ މީދޫ ދާއިރާ / އަމިއްލަ ގޮތުން)
އިސްމާޢީލް މާޖިދު، މ. ކޮކާވިލާ / ކ. މާލެ (މާފަންނު ހުޅަނގު ދާއިރާ / އަމިއްލަ ގޮތުން)
އެ ޕާޓީން ބުނެފައިވަނީ އެ ޕާޓީގެ އެންމެ މުހިއްމު ބިންގަލަކީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރިކޮށް ކަށަވަރުކުރުމާއި، އިޖްތިމާޢީ އަދާލަތު ޤާއިމްކޮށް ދިނުން ކަމުގައި ވާހިނދު، އެ ޕާޓީއިން އެންޑޯޒްކޮށްފައިވާ ކެންޑިޑޭޓުންނަކީ، މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތްކުރުމުގައި ދެމިތިއްބަވާނެ ފަރާތްތަކެއްކަމާމެދު އެ ޕާޓީއިން ޝައްކު ނުކުރާކަމަށެވެ. އަދި ބަޔާންކުރެވުނު ދާއިރާތަކަށް ނިސްބަތްވާ ލޭބަރ ޕާޓީއަށް ތާޢީދުކުރައްވާ ފަރާތްތަކުން މި ކެންޑިޑޭޓުންނަށް ވޯޓު ދެއްވުމަކީ ލޭބަރ ޕާޓީގެ އެދުމެއްކަމުގައިސް ލޭބަރ ޕާޓީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް