އުރީދޫ މޯލްޑިވްސް އިން ސެމްސަންގް ގެ އެންމެ ފަހުގެ ފޯނު، ގެލެކްސީ އެސް 10 އިއްޔެ ތަޢާރަފްކޮށް، ޕްރީ އޯޑަރަށް ހުޅުވާލައިފިއެވެ.
އުރީދޫއިން ސެމްސަންގާއި ގުޅިގެން ތައާރަފްކޮށްފައިވާ ސެމްސަންގް ގެލެކްސީ އެސް 10 އަދި ގެލެކްސީ އެސް 10 ޕްލަސް ގެ ފޯނުތައް ބައްލަވައިގަތުމަށް ވަރަށް ހާއްސަ ޕްލޭންތަކެއް އިއުލާން ކޮށްފައިވާނެ ކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫއިން ބުނީ އަލަށް ނެރުނު ފޯނުތަކަށް ޕްރީ އޯޑަރު ކުރާއިރު، ކޮންމެ ފޯނަކާއި އެކު އެ ކުންފުނީގެ ފަރާތުން ގެލެކްސީ ބަޑްސް ހަދިޔާކުރާނެކަމަށެވެ.
ސެމްސަންގް ގެ އެންމެ ފަހުގެ ފޯނު ބައްލަވައިގަންނަ ކަސްޓަމަރުންނަށް އުރީދޫއިން ވަނީ ވަރަށް ލުއި އިންސްޓޯލްމަންޓް ތަކެއް ތައާރަފްކޮށްފައެވެ. މި ޕެކޭޖުތައް މެދުވެރިކޮށް 12 ޖީބީގެ ހިލޭ ޑޭޓާ ލިބޭއިރު، މި ޕެކޭޖުތައް ބަހާލެވިފައިވަނީ އެއް އަހަރުގެ މުއްދަތަކަށެވެ. އުރީދޫއިން ބުނީ މި ޕްލޭން މެދުވެރިކޮށް އުރީދޫ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވެސް ވަރަށް އަގުހެޔޮކޮށް ފޯނު ނެގޭނެ ކަމަށެވެ. މި ޕެކޭޖްގެ ދަށުން އުރީދޫ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެއް އަހަރުގެ މުއްދަތަކަށް މަހަކު 1 ޖީބީ ޑޭޓާ ހިލޭ ލިބޭނެކަމަށްވެސް އިއްޔެ ބޭއްވި ހަފްލާގައި އުރީދޫއިން ވަނީ ބުނެފައެވެ.
ސެމްސަންގް ސީރީސްގެ އެންމެ ފަހުގެ ފޯނު ތައާރަފް ކުރި ހަފްލާގައި ސެމްސަންގް ކުފުނީގެ އިސްވެރިން އަދި އުރީދޫގެ އިސްވެރިން ބައިވެރިވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް