އުރީދޫން ހިއްސާއަކަށް 3.30 ރުފިޔާ ބަހަން ހުށަހަޅަނީ

ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫ މޯލްޑިވްސްގެ ހިއްސާއަކަށް3.30 ރުފިޔާ ހިއްސާދާރުންނަށް ބަހަން ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ. އުރީދޫގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަ...

05 Feb 2020 | 10:17

ޓެލެކޮމިއުނިކޭޝަން ކުންފުނި އުރީދޫ މޯލްޑިވްސްގެ ހިއްސާއަކަށް3.30 ރުފިޔާ ހިއްސާދާރުންނަށް ބަހަން ހުށަހަޅަން އެ ކުންފުނީގެ ބޯޑުން ނިންމައިފި އެވެ.

އުރީދޫގެ އަހަރީ އާންމު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހު އެވެ. އުރީދޫއިން ބުނީ ބޯޑުގެ ނިންމުން އެ ޖަލްސާއަށް ހުށަހަޅާނެ ކަމަށެވެ.

އުރީދޫއިން މިދިޔަ އަހަރު ބަހާފައިވަނީ ހިއްސާއަކަށް3.22 ރުފިޔާ އެވެ.

އުރީދޫއިން ވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ފުރަތަމަ ފަހަރަށް ފައިދާގެ ގޮތުގައި ދެ ބިލިއަން ރުފިޔާ ލިބިފައިވާކަން ހާމަކޮށްފައި އެވެ. ހަރަދަށް ކެނޑުމަށް ފަހު ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 588.6 މިލިއަން ރުފިޔާ އެވެ. އެއީ ކުރީ އަހަރާއި އަޅާ ބަލާއިރު11.9 ޕަސެންޓުގެ ކުރިއެރުމެކެވެ.2018 ވަނަ އަހަރު ސާފު ފައިދާގެ ގޮތުގައި އެ ކުންފުންޏަށް ލިބިފައިވަނީ525.7 މިލިއަން ރުފިޔާ އެވެ.

އުރީދޫން ބުނީ އާމްދަނީގެ އިތުރުން މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާ ވެސް 10 ޕަސެންޓު އިތުރުވެފަ ވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް