ޝިދާތާ މަގާމުން ވަކި ކުރަން އެމްޑީޕީގެ ޕީޖީން ފާސްކޮށްފި

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން ދުރުކުރަން ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފި އެވެ. މިއަދު ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގަިއ މިގޮތަށް ނިންމީ ހާޒި...

05 Feb 2020 | 08:29

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް މަގާމުން ދުރުކުރަން ވެރިކަންކުރާ މައި ޕާޓީ، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުން ފާސްކޮށްފި އެވެ.

މިއަދު ބޭއްވި އެމްޑީޕީ ޕީޖީ ގްރޫޕުގެ ބައްދަލުވުމުގަިއ މިގޮތަށް ނިންމީ ހާޒިރުވި45 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބައްދަލުވުމުގައި މެންބަރުން މަޝްވަރާ ކުރުމަށް ފަހު ނިންމާފައިވަނީ ޝިދާތާ އެމަގާމުގައި ބަހައްޓަން ނުފެންނަ ކަމަށެވެ.

މިނިސްޓަރު ޝިދާތާ އަމިއްލައަށް އިސްތިއުފާ ނުދެއްވައިފި ނަމަ ސަރުކާރުން އެކަމަނާ މަގާމުން ވަކި ކުރުމަށާއި ނުވަތަ މަޖިލީހުން އޭނާ މަގާމުން ދުރުކުރަން ގޮވާލާ މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުން ވާހަކަދެއްކެވި އެވެ. ބައެއް މެންބަރުން ވިދާޅުވީ ދުނިޔޭގެ ލަދަށްވެސް އެކަމަނާ މިހާރު މަގާމުން އިސްތިއުފާ ދެއްވަން ވެއްޖެ ކަމަށެވެ

މީގެ އިތުރުން ޖެންޑާ މިނިސްޓްރީތެރެއިން ނިންމާ ނިންމުންތަކުގެ ޒިންމާ މިނިސްޓަރު ނަންގަވަން ޖެހޭނެ ކަމަށް މެންބަރުން ވިދާޅުވި އެވެ.

ޝިދާތާގެ އިސްތިއުފާއަށް ގޮވާލާފައިމިވަނީ ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ކުރެވިފައިވާ ކުރީގެ ޑިސްއެބިލިޓީ އެމްބެސެޑަރު އަހުމަދު އިޝާންގެ ބެލެނިވެރިކަމުގެ ދަށުގައި ނުކުޅެދުންތެރިކަން ހުންނަ ޒުވާނަކު ގެންގުޅެމުންދާ މައްސަލައެއް ފެންމަތިވުމުންނެވެ. ފެމިލީ ކޯޓުގެ ހުކުމަކާއި ހިލާފަށް އިޝާން އެ ޒުވާނާ ގެންގުޅޭކަން ހާމަވީ އިއްޔެ ހައިކޯޓުގައި އޮތް އަޑު އެހުމަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް